ހުޅުމާލެ ފަރުކޮޅުފުށީގައި އަޅަމުންދާ ބުޅާ ފެސިލިޓީގެ 70 ޕަސެންޓް މަސައްކަތް ނިމިއްޖެ ކަމަށް މޭޔަރު އާދަމް އާޒަމް ރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޖަގަހައިގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މޭޔަރު އާދަމް އާޒިމް ވިދާޅުވީ ބުޅާ ފެސިލިޓީ އެއް ޤާއިމް ކުރުމަކީ މާލޭގެ ރައްޔިތުން އެންމެ ބޭނުންވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އެގޮތުން މާލޭގެ ރައްޔިތުން އެކަމަށް އިންތިޒާރު ކުރަމުންދާތާ ގާތްގަނޑަކަށް 15 ވަރަކަށް އަހަރު ވެދާނެ ކަމަށް މޭޔަރު އާޒިމް ވިދާޅުވިއެވެ.

މޭޔަރު އާޒިމް ވިދާޅުވީ އެމައްސަލަ އަށް ހައްލެއް ގެނައުމަށް ފަރުކޮޅުފުށީގައި އަޅަމުންދާ ބުޅާ ފެސިލިޓީގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެމަސައްކަތުގެ ގާތްގަނޑަކަށް 70 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށް މޭޔަރު އާޒިމް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ އެމްޑީޕީގެ މޭޔަރަކު ބުޅާ ފެސިލިޓީ އަށް ބުޅާތައް ގެންގޮސް މާލޭގެ މަގުތަކުން ބުޅާ ހުސްކޮށްލާނެ،" މޭޔަރު އާޒިމް ވިދާޅުވިއެވެ.

ބުޅާ ފެސިލިޓީ އެޅުމުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ ހުސްވި މާޗު މަހުގެ 19 ވަނަ ދުވަހެވެ. މާލޭގައި ބުޅާ ގިނަވެފައިވާއިރު، އޭގެ ސަބަބުން ސިއްހީ އެތައް މައްސަލަތަކެއް ވެސް ކުރިމަތިވެ އާންމުންނަށް އޭގެ ދުއްތުރާ ވަނީ ވަރަށް ބޮޑަށް ކުރިމަތިވެފައެވެ. މޭޔަރު އާޒިމް މީގެ ކުރިން ވިދާޅުވެފައިވަނީ މާލޭގައި ބުޅަލުގެ އާބާދީ 3،000 އަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ފަރުކޮޅުފުށީގައި ކެޓް ޝެލްޓަރު ގާއިމުކުރަނީ 5،000 އަކަފޫޓުގެ ބިމެއްގައެވެ. މި ތަނުގައި ކެޓް ޝެލްޓަރު ގާއިމު ކުރުމުން މާލޭގައި އުޅޭ ބުޅާތައް ގެންގޮސް، ފަރުވާ ދިނުމުގެ އިންތިޒާމު ގާއިމުކުރަން ވަނީ ނިންމާފައެވެ. މި ފެސިލިޓީއަކީ 24 ގަޑިއިރު ޚިދުމަތް ދޭނެ ފެސިލިޓީއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން