އައްޑޫ ސިޓީ ގެ ރައްޔިތުންނަށް ބޭނުންވާ ތަރުކާރީއާއި މޭވާފަދަ އަވަހަށް ހަލާކުވާ "ޕެރިޝަބަލް" ކާގޯ ދާއިމީ ގޮތެއްގައި ގެންދެވޭނެ ގޮތް ހަމަ ޖެއްސުމުގެ ގޮތުން މި ސަރުކާރުން ނިންމި ނިންމުމުގެ ދަށުން ރާއްޖެއިން ބޭރުން އެފަދަ މުދަލަގެ ޝިޕްމަންޓްއެއް އައްޑޫއަށް ފުރަތަމަ ފަހަރަށް ގެންގޮސްފި އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް)އިން ބުނީ އިންޑިއާގެ ޓުޓިކޮރިން އިން އައްޑޫ ސިޓީއަށް ޕެރީޝަބަލް މުދާ ހިފައިގެން ހިތަދޫގެ ޕޯޓަށް މިދިޔަ ބުދަ ދުވަހުގެ ރޭ ވަދެފައިވާ ކަމަށެވެ.

މިހާރު އެ މުދާތައް ބޭލުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް އެމްޕީއެލްއިން ބުނެއެވެ.

އެމްޕީއެލްއިން ބުނީ މި ފަހަރު 150 ޓަނުގެ މުދާ ގެނައި ކަމަށެވެ.

ކުރިން މީގެ ކުރިން އެ ހިދުމަތް ދެމުން ދިޔައީ ލަކުޑި ބޯޓު ފަހަރުން ކަމަށް ވާތީ، ހިދުމަތް ދެވެނީ، އަހަރު ތެރޭގައި ވަކި ދުވަސް ތަކެއްގަ އެވެ. އެހެންވެ އަހަރު ތެރޭ ގިނަ ދުވަސްތަކެއް ގައި އައްޑޫއަށް ބޭނުންވާ އެފަދަ މުދާ ގެންނަން ޖެހެނީ މާލެއިން ނެވެ.

ނަމަވެސް މިހާރު ޕެރީޝަބަލް މުދާ އައްޑޫއަށް ގެންދިއުމުގެ ހިދުމަތް ދޭނީ ދަގަނޑު ބޯޓުން ކަމަށްވާތީ އަހަރު ތެރޭ ހުރިހާ ދުވަސް ތަކެއްގައިވެސް މެދު ކެޑުމެއްނެތި، އެ ހިދުމަތް ލިބެމުން ދާނެކަމުގެ ޔަގީންކަންވެސް އެމްޕީއެލްއިން ދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން