ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހްގެ ސަރުކާރުގައި ކޮށްފައިވާ ވައްކަންތަކާއި ޚިޔާނާތުގެ މައްސަލަތައް ބެލުމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) މަޖިލީހަށް ހާޒިރުކުރާނެ ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާޢު ރޭ ވިދާޅުވެއްޖެއެެެވެ.

ޕީއެންސީގެ ޖަގަހައިގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާޢު ވިދާޅުވީ ކުރީގެ ރައީސް ސޯލިހްގެ ސަރުކާރުގެ ވައްކަމުގެ މައްސަލަތައް ބެލުމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) މަޖިލީހަށް ހާޒިރުކުރާނެ ކަމަށެވެެ. އެގޮތުން އަންނަ ހޯމަ ދުވަހު އޭސީސީ މަޖިލީހަށް ހާޒިރުކުރަން ނިންމާފައިވާ ކަމަށް ޝުޖާޢު ވިދާޅުވިއެވެ. ކުރީގެ ސަރުކާރުގެ ވައްކަމާއި ޚިޔާނާތުގެ މައްސަލަތަކެއް އޭސީސީ އަށް ހުށައެޅިފައިވާ ކަމަށް ޝުޖާޢު ވިދާޅުވިއެވެ.

"އަންނަ ހޯމަ ދުވަހު ސަރުކާރުގެ ކުންފުނި ތަކާއި ބެހޭ ކޮމެޓީއަށް އޭސީސީ އެބަ ހާޒިރުކުރަން، އޭސީސީއާ އަޅުގަނޑުމެން ސުވާލުކުރާނަން. ވޭތުވެ ދިޔަ ސަރުކާރުން ކޮށްފައިވާ ވައްކަންތަކަކީ ކޮބައިތޯ ބަލަން، އަޅުގަނޑުމެން އޭސީސީ މި ގެންނަނީ. މައްސަލަތައް ކިހާވަރަކަށް ބަލައިފިންތޯ ސާފުކުރަން. މިއީ ޤާނޫނުގައި އެކަން ކުރަން އޮންނަ ގޮތް ކަމަށްވާތީ އެކަން މިކުރަނީ. ހުރިހާ ރައްޔިތުން ވާނެ ހޯމަ ދުވަހު މަޖިލިސް ބަލަން،" ޝުޖާޢު ވިދާޅުވިއެވެ

މީގެ އިތުރުން ޝުޖާޢު ވިދާޅުވީ އެމްޑީޕީން ހިސާބު ޖެހީ ހަމަސް ތެރޭގައި ޤައުމު ބަނގުރޫޓުކޮށްލަން ކަމަށެވެ. އަދި ފައިސާ ޗާޕުނުކޮށް ގައުމު ހިންގަމުންދާ މަންޒަރު މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ސާބިތުކޮށްދެމުން އަންނަ ކަމަށް ސުޖާ ވިދާޅުވި އެވެ.

އަދި މިއަދު ސަރުކާރުން ދައްކަން ޖެހިފައިވާ ލޯނުތައް، ދައްކަމުން ދަނީ ފައިސާ ޗާޕު ނުކޮށް ކަމަށް ޝުޖާޢު ވިދާޅުވިއެވެ. ޝުޖާއު ވިދާޅުވީ ރާއްޖެ ނުދަރާނެ ކަމަށާއި ހާލަތު ބަދަލުކުރުމަށް ރައީސް އަޅުއްވާނީ ހަރުދަނާ ފިޔަވަޅުތަކެއް ކަމަށެވެ. އެގޮތުން ދައުލަތުން ދޭ ސަބްސިޑީޒް އަކީ އޭގެ ހައްގުވެރިންނަށް ދެވޭ އެއްޗެއްކަން ކަށަވަރު ކުރައްވާނެ ކަމަށާއި ސަރުކާރުގެ ކުންފުނިތައް މިހާރު އަންނަނީ އަރަނި ކުރަމުން ކަމަށް ޝުޖާޢު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ދިވެހި އިޤްތިސާދު ހަރުދަނާކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅުގަނޑުމެން އަޅާނަން، ރައްޔިތުން މިވަގުތު އިސްކުރަންވީ ކެތްތެރިކަން. އިރާދަކުރެއްވިއްޔާ ދިވެހި ރައްޔިތުން ހެއްވާލާ ވަރުގެ ވެރިކަމަކަށް ރައީސް މުޢިއްޒުގެ ވެރިކަން ވެގެންދާނެ، އެހެން ނަމަވެސް ކުރިއަށް މި އޮތް ދެތިން މަސް ތެރޭގައި މި އަޅާ ފިޔަވަޅުތަކަކީ އަޅުގަނޑުމެން ނޭވާ ހިފަހައްޓާލަން ބައެއް ފިޔަވަޅުތައް ޖެހޭނެ ކަމެއްކަން މި ފުރުސަތުގައި ދަންނަވާލަން،" ޝުޖާޢު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން