ފަތުރުވެރިކަމުގެ ދާއިރާގައި މި އަހަރަކީ އެންމެ ކާމިޔާބު އެއް އަހަރުކަމަށާއި މިއީ ފަތުރުވެރިކަމުގެ ދާއިރާގައި މުހިންމު ރިކޯޑްތަކެއް ގާއިމް ކުރެވުނު އަހަރެއް ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ރޭ ވިދާޅުވެއްޖެއެެވެ.

ޕީއެންސީ ހައުސް ގައި ރޭ އޮތް ޖަލްސާ ގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވީ އެގޮތުން އެންމެ ގިނަ ފަތުރުވެރީން އެއް ދުވަހާ ރާއްޖެ އައުމުގެ ރެކޯޑާއި އެންމެ ގިނަ ފަތުރުވެރީން ޒިޔާރަތް ކުރި މަހުގެ ރެކޯޑާއި އެންމެ އަވަހަށް އެއް މިލިއަން ފަތުރުވެރިން ހަމަ ކުރެވުމުގެ ރެކޯޑް އޮތީ މި އަހަރު ކަމަށް ފައިސަލް ވިދާޅުވިއެވެ.

މި އަހަރުގެ ފެބްރުއަރީ މަހުގެ ދުވަހެއްގައި 10،231 ފަތުރުވެރީން ވަނީ އައިސްފަ އެވެ. މިއީ މިހާތަނަށް އެންމެ ގިނަ ފަތުރުވެރީން ރާއްޖެ އައި ދުވަސް ކަމަށް ތަފާސް ހިސާބުތަކުން ދައްކައެެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައިސަލް އިތުރަށް ވިދާޅުވީ މިހާރުގެ އަމާޒަކީ މިއަހަރު ނިމެންވާއިރަށް 2.2 ނުވަތަ 2.3 މިލިއަން ފަތުރުވެރިން ރާއްޖެ އަށް ގެނައުން ކަމަށެވެ. ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ކުރިމަގު އޮތީ ވަރަށް އުޖާލާކޮށް ކަމަށް ފައިސަލް ވިދާޅުވިއެވެ.

"މިފެށޭ އޮގަސްޓު ސެޕްޓެންބަރު މަހު ތެރޭގައި ޗައިނާ ސަފީރު މިހާރު އަޅުގަނޑުމެންނަށް މައުލޫމާތު ދީފައިވާގޮތުގައި ޗައިނާގެ އެރައިވަލްސް ވަރަށް ބޮޑުތަނުން އިތުރުވެ އަޅުގަނޑުމެން ބޭނުންވާ ޓާގެޓް ދެ މިލިއަން ހަމަކުރެވި އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ފޯކާސްޓަކީ މިއަހަރު ނިމެންވާއިރަށް އަަޅުގަނޑުމެންނަށް 2.2 ނުވަތަ 2.3 މިލިއަން ފަތުރުވެރިން އަލަށް ރާއްޖެ އަށް ޒިޔާރަތްކުރާނެ ކަމަަށް، އެމަސައްކަތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެންމެން ގުޅިގެން އަޅުގަނޑުމެންނަށް ކުރެވޭނެ،" މިނިސްޓަރު ފައިސަލް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން