ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ތެލަށް ބަރޯސާވާމިންވަރު ކުޑަކޮށް، އިޔާދަކުރަނިވި ހަކަތައަށް ކުންފުނި ދީލާލުމަށް ކުރެވޭ މަސައްކަތުގެ ދަށުން އއ. ތޮއްޑޫ އިންޖީނުގޭ ފުރާޅުގައި ސޯލާ ހަރުކޮށް ބޭނުން ކުރަން ފަށާފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން އަންނަނީ ރާއްޖޭގެ ރައްރަށުގައި އެ ކުންފުނިން ދެމުންދާ ކަރަންޓުގެ ހިދުމައްތައް ރަނގަޅުކޮށް މިހާރަށްވުރެ ޒަމާނީ ފެންވަރަށް ހިދުމަށް ފޯރުކޮށްދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންކަން ފާހަގަ ކުރެވެއެވެ.

ދާދިފަހުން ސްޓެލްކޯއިން ވަނީ ކ. ގުރައިދޫގައި އެ ކުންފުނިން ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ގުރައިދޫގައި ކުރިން ބޭނުން ކުރި ކޮންޓްރޯލް ޕެނަލްގެ ބަދަލުގައި ޒަމާނީ އައު ކޮންޓްރޯލް ޕެނަލެއް ބަހައްޓާފައެވެ. އަދި މިހާރު އެ ޕެނަލުގެ ބޭނުން ކުރަމުންދާއިރު މި އައު ކޮންޓްރޯލް ޕެނަލްއާއި އެކު ގުރައިދޫގައި ދެމުންގެންދާ ޚިދުމަތުގެ ޔަގީންކަން އިތުރުވެ، ރައްޔިތުންނަށް އެކަމުގެ ފަސޭހަތައް ލިބިގެންދާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން