އެމެރިކާއާއި ރާއްޖެއާ ދެމެދު ބޭއްވޭ ޓްރޭޑް އެންޑް އިންވެސްޓްމަންޓް ފްރޭމްވޯކް އެގްރީމަންޓް (ޓީއައިއެފްއޭ) ކައުންސިލްގެ 3 ވަނަ ބައްދަލުވުމުގައި ރާއްޖޭގައި ގްލޯބަލް ކޮމާޝަލް ޕްލެޓްފޯމްތަކާއި ޕޭމަންޓް ސިސްޓަމް ފަހިކޮށްދިނުމަށް މަޝްވަރާކޮށްފިއެވެ.

އެމެރިކާ އާއި ދިވެހިރާއްޖޭގެ ސަރުކާރުގެ އިސްވެރިންގެ ވަފުދުތައް ބައިވެރިވި މި ބައްދަލުވުން އޮތީ އެމެރިކާގެ ވޮޝިންޓަނުގައެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ވަނީ ގްލޯބަލް ކޮމާޝަލް ޕްލެޓްފޯމްތަކާއި ޕޭމަންޓް ސިސްޓަމް ސޮލިއުޝަންތަކުގެ ފައިދާ ހޯދުމަށް ޑިޖިޓަލް ކޮންޓެންޓް ކްރިއޭޓަރުންނާއި ފަންނާނުންނާއި ވިޔަފާރިވެރިންނަށް ދޭ އެހީތެރިކަމަށް އަލިއަޅުވާލާފައެވެ. ދެ ވަފުދުން ވެސް ވަނީ މަސައްކަތްތެރިންގެ ހައްގުތަކާއި ޑިޖިޓަލް ވިޔަފާރިއާއި ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ރައްކާތެރިކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކޮށްފައެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސައީދާއި ދެކުނު އަދި މެދުތެރޭ އޭޝިއާގެ އެސިސްޓެންޓް ޔުނައިޓެޑް ސްޓޭޓްސް ޓްރޭޑް ރެޕްރެޒެންޓޭޓިވް (އޯއެސްޓީއާރު) ބްރެންޑަން ލިންޗް ކޯ ޗެއާމަންކަން ކުރެއްވި އެވެ.

މިނިސްޓަރު ސައީދާއި އޯއެސްޓީއާރު ލިންޗް ވަނީ ދެގައުމުގެ އިގްތިސާދީ ގުޅުންތައް ފުޅާކުރުމުގެ ޝައުގުވެރިކަން ހިއްސާކޮށް، އިންކްލޫސިވް، ދެމެހެއްޓެނިވި ކުރިއެރުމަކަށް ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ގުޅުންތައް ތަފާތުކުރުމުގައި ދެގައުމުގެ ގުޅުމުގެ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ.

ރާއްޖޭގެ ފަރާތުން ވަނީ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަމުގެ އިޤްތިސާދީ ތަސައްވުރު ހުށަހަޅައި، އެމެރިކާ ސަރުކާރުގެ އެއްބާރުލުން ހޯދިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން