ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ ހުޅުމާލެއިން ބިމެއް ބައްލަވައިގެންފައިވާކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަށް އެކަމަނާ ދޮގުކުރައްވައިފިއެވެ.

ހުޅުމާލޭގެ ބީޗް ފްރޮންޓުން 9 މިލިއަން ރުފިޔާއަށް ރައީސްގެ ކޮއްކޯފުޅުސައުދާ ބިމެއް ބައްލަވައިގެންފައިވާ ކަމަށް ރަޖިސްޓްރީ ނުކޮށް ހިންގާ ވެބްސައިޓެއްގައި ވަނީ ރިޕޯޓްކޮށްފައެވެ. އަދި އެ ގޯއްޗަކީ ހުޅުމާލޭގެ ބީޗް ފްރޮންޓުން އެޗްޑީސީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދުގެ އަންހެނުންނަށް އުސޫލާއި ހިލާފަށް ދީފައިވާ ގޯއްޗާއި އިންވެގެން އޮތް ބިމެއްކަމަށް ވެބްސައިޓްގައިވެއެވެ.

އެކަމާ ގުޅިގެން ނިލަންދޫ ދާއިރާގެ މެމްބަރު ފާތިމަތު ސައުދާ ވަނީ އެއީ ކަނޑައެޅިގެން ދޮގު ހަބަރެއް ކަަމަށް ވިދާޅުވެ އެކަން ދޮގުކުރައްވާފައެވެ.

"އަސްތާ! އަޅުގަނޑުވެސް ބޭނުން ތި ބިމެއް އޮތްތަނެއް ބަލަން. އެއްވެސް ބިރެއް ނެތި މިފަދަ ބޮޑެތި ދޮގު ހަދަނީ ކިހިނެއްބާއޭ ހިތަށް އަރާ!" ބިން ބައްލަވައިގެން ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތަކާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ސައުދާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން