ވޭޕްކޮށްފައި އައިސް ކުދިން އުރީމާ އޭގެ ވިހަމާއްދާތަކުގެ އަސަރު ކުދިންނަށް ކުރާ ކަމަށް ރާއްޖޭގެ މަޝްހޫރު ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ޑރ. އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ފައިސަލް މިހެން ވިދާޅުވީ މިކަން ދެނެގަތުމަށް ޤައުމީ ފެންވަރުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިކޮށްގެން އެމެރިކާގައި ހެދި ދިރާސާ ރިޕޯޓެއް އެކްސްގައި ހިއްސާ ކުރައްވަމުންނެވެ.

އެމެރިކާގެ އެކި ހިސާބުތަކުން އެކި އުމުރުފުރާގެ ކުޑަކުދިން ބައިވެރިކޮށް ހަދާފައިވާ ކްރޮސް ސެކްޝަނަލް ދިރާސާއިން ދައްކާ ގޮތުގައި، 2020 ވަނަ އަހަރުގެ ނިޔަލަށް، ގާތްގަނޑަކަށް ކޮންމެ 5 ކުއްޖަކުން 1 ކުއްޖަކީ ވޭޕް ނުވަތަ ދުންފަތުގެ ވިހަ މާއްދާތައް ކޮންމެވެސް ގޮތަކަށް ހަށިގަނޑަށް ހުށައެޅިފައިވާ ކުއްޖެކެވެ.

ސިނގިރެޓު ބޯ މީހުންގެ ފަރާތުން އޭގެ ވަސް ޖެހުމުގެ ސަބަބުން އަސަރު ކުރާ ކުދިންނަށް ވުރެ ވޭޕް ބޭނުންކުރާ މީހުންގެ ފަރާތުން އޭގެ ވަސް ޖެހި އަސަރު ކުރާ ކުދިންގެ ހަށިގަނޑުން ވިހަ މާއްދާތައް ފެންނަ މިންވަރު މި ދިރާސާގައި އިތުރުކަމަށް ދައްކައެވެ.

ރާއްޖޭގެ މުޖްތަމައުގައިވެސް ދުންފަތުގެ އިސްތިއުމާލު ކުރާ ފަރާތްތައް އިންތިހާއަށް އިތުރުވެފައިވާއިރު ފަހަކަށް އައިސް ފުރާވަރަށް އަރަމުންދާ ދެޖިންސުގެ ކުދިންވެސް އީ ސިގިރެޓް/ ވޭޕް ފަދަ ހަށިގަނޑަށް ނުރައްކާތެރި އާލާތްތައް ބޭނުންކުރާ މިންވަރު އިތުރުވަމުންދާކަން ފާހަގަ ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން