ފޮޓޯ: އެމްވީކްރައިސިސް
ފޮޓޯ: އެމްވީކްރައިސިސް
މިދިޔަ ބޮޑު އީދުގައި ކަމަދޫގެ ސަގާފީ ކުޅިވަރުތަކަށް ލިބުނު ސަމާލުކަން ފާހަގަކޮށް މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުޙައްމަދު މޫސާ (އުއްޗު) ގެ ފަރާތުން ހާއްސަ ހަފްލާއެއް ބާއްވައިފިއެވެ.

މި ހަފްލާ ކުރިއަށް ގެންގޮސްފައިވަނީ އޭނާގެ ރިސޯޓެއްކަމަށްވާ ކުރެއްދޫ ރިސޯޓުގައެވެ. މި ހަފްލާގައި ވަނީ ކަމަދޫގައި ސަގާފީ ނެށުންތައް ގެނެސްދިނުމުގައި ހަރަކާތްތެރިވި ފަންނާނުން ބައިވެރިވެފައެވެ. އޭގެ ތެރޭގައި އީދުގައި ޒުވާނުންގެ ހާއްސަ ސަމާލުކަމެއް ލިބުނު ޒާރާ ވެސް ބައިވެރިވެފައިވެއެވެ. މި ހަފުލާގައި އެ ގުރޫޕްގެ ފަރާތުން ނެށުންތަކެއް ވެސް ވަނީ ހުށަހަޅައިދީފައެވެ.

މި ހަފްލާގައި ލޯކަލް ގަވަރނަންސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ހަފްލާއާއި ގުޅުވައި އުއްޗުގެ ފަރާތުން ވަނީ ކަމަދޫ "ފަތްމިނި" ގުރޫޕަށް ހާއްސަކޮށް ލަވައެއް ވެސް ތައްޔާރު ކޮށްފައެވެ.

މިދިޔަ ބޮޑު އީދަކީ ސަރުކާރުން ވެސް ގައުމީ ފެންވަރުގައި އެކި ރަށްރަށުގައި އީދު ފާހަގަކުރި ފަހަރެކެވެ. ނަމަވެސް، އެންމެ ބޮޑު ސަމާލުކަމެއް އީދުގައި ހޯދީ ބ. ކަމަދޫގެ އީދު ކުޅިވަރުތަކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން