ހއ. މާރަންދޫ ކައުންސިލްގެ ނައިބުރައީސް އަޙްމަދު ރަމީޒު ނިޔާވެއްޖެއެވެ.

އެ ރަށު ކައުންސިލުން ވަނީ އޭނާ ނިޔާވިކަން ކަށަވަރު ކޮށްދީފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރަމީޒު ނިޔާވެފައިވަނީ ނެއްލައިދޫ އާއި އެކީ ކުޅެވުނު އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއްގެ ތެރެއިން ހާލު ދެރަވެގެނެވެ.

އޭނާ ދަނޑުމަތީގައި ހުރެފައި ބޮލަށް އުނދަގޫ ވެގެން ދަނޑުން ފޭބީ ކަމަށާއި އޭގެ ފަހުން ހޮޑުލާތީ އެމްބިއުލާންސްގައި އޭނާ މަރުކަޒަށް ގެންދިޔަކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ރަމީޒު ނިޔާވީ ހއ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ހއ. ދިއްދޫގައެވެ.

ރާމިޒަކީ ރަށު ކައުންސިލްގެ މަސައްކަތްތަކުގައި އިސްކޮށް އުޅުއްވާފައިވާ ރަށުގެ ތަރައްގީއަށް ކުރެވުނު ގިނަ މަސައްކަތްތަކެއްގައި އަމަލީގޮތުން ބައިވެރިވެ ވަޑައިގެންފައިވާ ކައުންސިލަރެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން