ގައުމީ ޝިޕިން ކުންފުނި މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) އިން މެލޭޝިއާއާއި ސިންގަޕޫރުން ލަންކާއަށް ދަތުރުތައް ފަށަން ނިންމައިިފި އެވެ.

ޕީއެސްއެމުން ގެނެސްދިން ޕްރޮގްރާމެއްގައި އެމްއެސްއެސްގެ އެންމެ ފަހުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ޗީފް ފައިނޭންޝިއަލް އޮފިސަރު ތާހާ މުހައްމަދު ވިދާޅުވީ މެލޭޝިއާއާއި ސިންގަޕޫރުން ލަންކާއަށް ދަތުރުތައް ފެށުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށެވެ. އަދި މިއީ އެ ކުންފުނީގެ ހިދުމަތްތައް އެންމެ ބޮޑަށް ފުޅާކުރުމަށް މިހާރު ކުރަމުންދާ މަސައްކަތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޢާދިއްތަ ދުވަހު މެލޭޝިއާއަށް އަޅުގަނޑުމެންގެ ބޯޓު ބަނދަރުކުރާނެ. އަދި މެލޭޝިއާއިން ކާގޯ ލޯޑު ކުރުމަށް ފަހު ދަތުރުތަައް ފަށާނެ." ތޯހާ ވިދާޅުވި އެވެ.

އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު އެ ކުންފުނީގެ ބޯޓުތައް އޮތީ ވަރަށް ހާލުގައި ކަމަށާއި އަދި ދެ ބޯޓެއް މަރާމާތު ކުރި ކަމަށެވެ.

އަދި މިހާރު ފަސް ބޯޓު އޮޕަރޭޝަންތަކުގައި ބޭނުންކުރަމުންދާ ކަމަށް އޭނާ ވިދާލުވިއެވެ.

މިހާރު ވެސް އެސްޓީއޯއިން ގެންނަ ހުރިހާ މުދަލެއް ގެންނަނީ އެ ކުންފުނީގެ ބޯޓުތަކުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން