ޑޮކްޓަރަށް ދެއްކުން އަވަސްކޮށްދިނުމަށް އެދި އިޖުތިމާއީ މިނިސްޓްރީން އައިޖީއެމްއެޗާއެކު މަޝްވަރާކޮށްފި އެވެ.

އައިޖީއެމްއެޗްގެ ޚާއްޞަ ޑޮކްޓަރުންނަށް ދެއްކުމުގެ ކިއު ބޮޑުވުމަކީ ވަރަށް ގިނަ ބައެއްގެ ޝަކުވާއެކެވެ.

އިޖުތިމާއީ މިނިސްޓްރީން ބުނީ އެ މިނިސްޓްރީން ފަށާފައިވާ "ހާލު ކިހިނެއް؟" ޕްރޮގްރާމުގެ ތެރެއިން މިހާތަނަށް ކުރި ޒިޔާރަތްތަކުން ވެސް ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ބޭސްފަރުވާގެ އެކި މައްސަލަތައް ކަމަށެވެ.

އޭގެ ތެރޭގައި ޑޮކްޓަރަށް ދެއްކުމުގައި ދިމާވާ ދަތިތަކާއި، ސްޕެޝަލިސްޓު ޑޮކްޓަރުންނަށް އެޕޮއިންޓްމަންޓް ހޯދުމުގައި ހުރި ދަތިތަކާއި، ބޭސް ސިޓީ އާކުރުމުގައި ދިމާވާ ދަތިތައް ފާހަގަކުރެވޭ ކަަމަށް ވެސް ބުނެއެވެ.

އެހެންވެ ކަންކަމަށް ރިއާޔަތްކޮށް، އެ މައްސަލަތަކަށް އަވަސް ޙައްލެއް ހޯދިދާނެ ގޮތްތަކާއި ގުޅޭގޮތުން އައިޖީއެމްއެޗާއެކު މަޝްވަރާކޮށްފައިވާ ކަަމަށް މިނިސްޓްރީން ބުނެއެވެ.

އިއްޔެ ބޭއްވި އެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ސީނިއާ މެނޭޖްމަންޓްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

"މި ބައްދަލުވުމުގައި، ޑޮކްޓަރަށް ދެއްކުން އަވަސްކުރުމުގައި ދިމާވާ މައްސަލަތައް ހައްލުކުރެވިދާނެ ގޮތްތަކާއި ގުޅޭ މަޝްވަރާތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މިފަދަ މައްސަލަތަކަށް ދެމެހެއްޓެނިވި ޙައްލުތައް ގެނައުމަށް ޕޮލިސީ ލެވެލްގައި ކުރަން ހުރި މަސައްކަތްތަކާއި ގުޅޭގޮތުން ވެސް މަޝްވަރާކުރެވިފައި ވެއެވެ." އިޖުތިމާއީ މިނިސްޓްރީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން