އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޓް ޓްރަމްޕަށް ދިން ހަމަލާ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުއްވެރިކުރައްވައިފި އެވެ.

ޓްރަމްޕަށް މިއަދު ބަޑިން ހަމަލާ ދިނީ ކެމްޕޭން ރެލީއެއްގައި ވާހަކަ ދައްކަވަމުން ދަނިކޮށެވެ.

އެކަމާ ގުޅިގެން ރައީސް މުއިއްޒު އެކްސްގައި ވިދާޅުވީ ސިޔާސީ މައިދާނުގައި އެއްވެސް ކަަހަަލަ އަނިޔާޥެރިކަމަކަށް ޖާގައެއް ނުދެވޭނެ ކަމަށެވެ.

އެހެންވެ ޓްރަމްޕަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ހަމަ އެހެންމެ ޓްރަމްޕާއި އެ ހަމަލާގައި ޒަހަމްވި އެންމެން ހެއުއެދިވަޑައިވެން އަވަސް ޝިފާއަކަށް އެދިވަޑައިގެންނެވި އެވެ.

އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުން ޓްރަމްޕަށް ދިން ބަޑީގެ ހަމަލާ އަމާޒުވީ އެމަނިކުފާނުގެ ކަނާތު ކަންފަތްޕުޅަށެވެ.

އަދި މިހަމަލާއާއެކު ޓްރަމްޕް ވެއްޓި ވަޑައިގަންނަވާއިރު ޓްރަމްޕް ހުންނަވަނީ ކަންފަތްޕުޅުގައި އަތްޕުޅު އަޅުއްވައިގެން ނެވެ.

ޓްރަމްޕްގެ ކެމްޕެއިން ޓީމުން ފަހުން ބުނީ އޭނާގެ ހާލު ރަނގަޅު ކަމަށެވެ. ޓްރަމްޕްގެ ސޯޝަލް މީޑިއާ "ޓްރުތު ސޯޝަލް"ގައި ފަހުން ވިދާޅުވީ ކަންފަތްޕުޅަށް ވަޒަން އެރި ކަމަށެވެ.

އެ ހާދިސާގައި ޓްރަމްޕަށް ހަމަލާދިން މީހާގެ ގަޔަށް ސަލާމަތީ ބާރުތަކުން ވަނީ ބަޑި ޖަހައި މަރާލައިފަ އެވެ. މިއީ ޓްރަމްޕް އަވަހާރަކޮށްލަން ދިން ހަމަލާއެއް ކަމަށް ބަލައި ވަނީ މައްސަލަ ބަލަން ފަށައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން