މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަށް ނުލިބިވާ ފައިސާގެ 52 އިންސައްތައަކީ ސަރުކާރު ކުންފުނިތަކުގެ ދަރަނި ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާއްމުކުރި އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

އެ އޮފީހުން މިދިޔަ ބުދަ ދުވަހު ވަނީ، އެމްއޭސީއެލްގެ 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު އާއްމުކޮށްފައެވެ. އެ ރިޕޯޓުގައި ވާގޮތުން، އެކި ކުންފުނިތަކުން އެމްއޭސީއެލްއަށް ދައްކަން ޖެހޭ 776،095،937 ރުފިޔާ ނުލިބި ވެއެވެ.

އޭގެ ތެރެއިން 52 އިންސައްތަ ރުފިޔާ އަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދައްކަންޖެހޭ ފައިސާ ކަމަށް އޮޑިޓް ރިޕޯޓުން ދައްކައެވެ. އަދި އެމްއޭސީއެލްއަށް ނުލިބިވާ ފައިސާގެ ތެރެއިން، އެއް ފަރާތަކުން އެންމެ ގިނަ ފައިސާ ދޭން ޖެހެނީ އައިލެންޑް އޭވިއޭޝަނުން ކަމަށް އެ ރިޕޯޓުން ދައްކައެވެ.

އައިލެންޑް އޭވިއޭޝަންގެ އިތުރުން ދެން އެންމެ ގިނަ ފައިސާ އެމްއޭސީއެލްއަށް ނުދައްކާ ވަނީ ސަރުކާރުގެ އެހެނިހެން ކުންފުނިތަކުން ދޭންޖެހޭ ފައިސާއެވެ. އޭގެ އިތުރުން، ހުޅުލޭ އައިލެންޓް ހޮޓަލާއި އެސްޓީއޯ އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ އިތުރުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުންވެސް ގިނަ އަދަދެއްގެ ފައިސާ އެމްއޭސީއެލްއަށް ނުދައްކާ ވާކަން އޮޑިޓް ރިޕޯޓުގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން