އިބްރާހިމް ފަހީމް   14 ޖުލައި 2024 - 22:21
ރާއްޖޭގެ އެންމެ މަގުބޫލު އެއް ރިސޯޓު ކަމަށްވާ އޯޒެން ރިޒާވް ބޮލިފުށި ރިސޯޓުގެ ވެރިޔާ ހ. މިރިހި، ހުސައިން ޝަރީފް (ބޮލިފުށި ޝަރީފް) ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަރީފް ނިޔާވެފައިވަނީ ސިއްހީ މައްސަލައެއްގައި އައިޖީއެމްއެޗް އެމަޖެންސީގައި ފަރުވާ ދެމުން ދަނިކޮށެވެ.

ނަމަވެސް އެއީ ކޮން ސިއްހީ މައްސަލައެއްކަމެއް އަދި ސާފުވެފައެއް ނުވެއެވެ.

ޝަރީފަކީ ޓޫރިޒަމް ދާއިރާގައި ފުންނާބު އުސް ބޭފުޅެކެވެ. ބޮލިފުށީގެ އިތުރުން ވެސް ޓޫރިޒަމްގެ އެކި ވިޔަފާރިތަކުގައި ޝަރީފް އިސްކޮށް އުޅުއްވިއެވެ.

ބޮލިފުށި ރިސޯޓް ކުއްޔަށް ނަގައިގެން ހިންގަމުންދާ ގޭޓްވޭ މޯލްޑިވްސް ކުންފުނީގެ މައި ހިއްސާދާރަކީ ޝަރީފެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން