ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދައިފިއެވެ.

ޖަރުމަންވިލާތުގައި ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދީ ރޭ އިނގިރޭސިން 2-1 އިން ބަލިކޮށްގެންނެވެ. މި މެޗުގެ ލަނޑުތައް ސްޕެއިނުން ޖަހާފައިވަނީ ދެވަނަ ހާފުގައެެވެ. އެގޮތުން މެޗުގެ 47 ވަނަ މިނެޓުގައި 16 އަހަރުގެ ލެމީން ޔަމާލް ދިން ރީތި ބޯޅައަކުން ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ ހުނަރުވެރި ފޯވާޑު ނިކޯ ވިލިއަމްސްއެވެ. އެހެން ނަަމަވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ކޯލް ޕާމާ ވަނީ މެޗުގެ 73 ވަނަ މިނެޓުގައި ދުރުން ފޮނުވައިލި ބޯޅައަކުން ނަތީޖާ ހަމަހަމަކޮށްދީ ސްޕެއިނަށް އުއްމީދު އާކޮށްދީފައެވެ.

މެޗު ނިމެން ދަނިކޮށް 86 ވަނަ މިނެޓުގައި ސްޕެއިނަށް ލީޑު ނަގައިދިނީ ބަދަލު ކުޅުންތެރިޔާ މިކެލް އޮޔާޒަބާލެވެ.

މިއީ ސްޕެއިނުން ކާމިޔާބުކުރި ހަތަރުވަނަ ޔޫރޯ މުބާރާތް ކަން ފާހަގަކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން