މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް ސީއީއޯއެއް ހޯދަން އިއުލާންކޮށްފި އެވެ.

އެ ސެންޓަރުން ކުރި އިއުލާނެއްގައި ބުނީ އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ އިދާރީ އެންމެހައި ކަންކަން ހިންގައި ބެލެހެއްޓުމަށްޓަކައި ސީއީއޯގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލައިފައިވާ ކަމަށެވެ.

އެ މަގާމަށް ކުރިމަތިލުމުުގެ ޝަރުތުތަކުގެ ތެރޭގައި ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ މާކެޓިންގ ނުވަތަ ޕަބްލިކް ރިލޭޝަންސް ގެ ދާއިރާއިން މާސްޓާސް ހާސިލްކޮށް ސަރުކާރުގައި، ނުވަތަ ޕަބްލިކް، ޕްރައިވެޓް ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި ހިންގުމުގެ ނުވަތަ މާކެޓިންގ ނުވަތަ ޕަބްލިކް ރިލޭޝަންސްގެ ދާއިރާގައި މަދުވެގެން ހަ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ހިމެނެ އެވެ.

އެ މަގާމަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި 30،500 ރުފިޔާ ލިބެއެވެ.

އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 23 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން