މި އަހަރުގެ މޭ މަހާ އަޅާ ބަލާއިރު ޖޫން މަހު އިންފްލުއެންޒާ އާއި އަރިދަފުސް ރޯގާ އަދި ބޭރަށް ހިންގުން ޖެހުނު މީހުންގެ އަދަދު ގިނަ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.'

ރޯގާގެ ގޮތުގައި ފެތުރެމުންދާ ބަލިތަކުގެ ހާލަތު ދައްކުވައިދޭ ޕްރެސް ރިލީޒްއެއް މިއަދު އެޗްޕީއޭއިން ވަނީ އާއްމު ކޮށްފައެވެ. އޭގައި ވާގޮތުން، މޭ މަހު 22983 މީހުންނަށް އަރިދަފުސް ރޯގާ ޖެހިފައި ވާއިރު، ޖޫން މަހު އެ އަދަދު 32738 އަށް އަރައެވެ.

މޭ މަހު އިންފްލުއެންޒާ އަށް ޓެސްޓުކުރި 138 މީހުންގެ ތެރެއިން 21 މީހުން ޕޮޒިޓިވް ވެފައި ވާއިރު، ޖޫން މަހު 395 މީހުން ޓެސްޓުކޮށް، 137 މީހުން ޕޮޒިޓިވް ވެފައި ވާކަމަށް އެޗްޕީއޭގެ ހިސާބުތަކުން ދައްކައެވެ.

މޭ މަހާ އަޅާ ބަލާއިރު ޖޫން މަހު ބޭރަށް ހިންގުން ޖެހިގެން ރިޕޯޓު ކުރި އަދަދުވެސް އިތުރުވެފައި ވާކަމަށާއި، އެގޮތުން މޭ މަހު 3508 މީހުންނަށް ބޭރަށް ހިންގުން ޖެހުނު އިރު، ޖޫން މަހު 5179 މީހުންނަށް ބޭރަށް ހިންގުން ޖެހިފައި ވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

މީގެ އިތުރުން އެޗްޕީއޭއިން ބުނީ، މޭ މަހާ އަޅާ ބަލާއިރު ޖޫން މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓު ކުރި އަދަދު ކޮންމެވެސް ވަރަކަށް ދަށްވެފައި ވާކަމަށެވެ. އެގޮތުން މޭ މަހު 675 މީހުންނަށް ޑެންގީ ޖެހިގެން ރިޕޯޓު ކުރި އިރު، ޖޫން މަހު އެ އަދަދު ހުރީ 623 ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން