މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)ގެ 2023 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާ މާލޭގައި ބާއްވަން ނިންމައިފިއެވެ.

އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ، އަހަރީ އާއްމު ޖަލްސާ މިހާރު ބޭއްވުމަށް ހަމަޖެހިފައި ވަނީ ޢުމަރު ޒާހިރު ބިލްޑިންގްގެ ހަ ވަނަ ފަންގިފިލާގައި ހުންނަ މަލްޓިޕާޕަސް ހޯލުގައި ކަމަށެވެ.

މި ބަދަލު ފިޔަވައި، އަހަރީ އާއްމު ޖަލްސާގެ އެޖެންޑާއަށް އެއްވެސް ބަދަލެއް އަހިސްފައި ނުވާނެ ކަމަށް އެމްޓީސީސީގެ އިއުލާނުގައި ވެއެވެ.

އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާ އޮންނާމީ ބުދަ ދުވަހުގެ ރޭ 8:30 ގައެވެ. އެމްޓީސީސީގެ ހިއްސާދާރުން ހާޒިރުވެގެން ނުވަތަ 'ފަހިވޯޓް' ބޭނުންކޮށްގެން ވެސް ޖަލްސާގައި ބައިވެރި ވެވޭނެއެވެ.

މި ޖަލްސާގައި، މިދިޔަ އަހަރުގެ ފައިދާއިން ހިއްސާދާރުންނަށް ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައިވާ އަދަދު ފާސްކުރުމާއި، މި އަހަރަށް ކުންފުނީގެ އޮޑިޓަރުން ހޮވައި، އެ ފަރާތްތަކަށް އުޖޫރަ ކަނޑައެޅުމުގެ އިތުރުން ޑިރެކްޓަރުންގެ ބޯޑު އައްޔަނު ކުރުން އޮންނާނެއެވެ.

މި ޖަލްސާގައި ބައިވެރިވެވޭނީ މިދިޔަ މަހުގެ 23 ގެ ނިޔަލަށް އެމްޓީސީސީގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން