ހަރަދުކުޑަ ކުރުމުގެ ސިޔާސަތުގެ ދަށުން ކުޑަ ކުރަނީ ދައުލަތް ހިންގުމުގެ ހަރަދު ކަމަށާއި އާއްމުންނަށް ބޭނުން އެއްޗެއް ކެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަޒާން ވިދާޅުވީ، ސަރުކާރުގެ ހަރަދުކުޑަ ކުރުމުގެ ސިޔާސަތުގެ ދަށުން ކުޑަ ކުރަނީ ދައުލަތް ހިންގުމުގެ ހަރަދު ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދައުލަތުގެ ހަރަދުކުޑަކުރަން އެމަނިކުފާނު ގެންގުޅުއްވާ ބައެއް ސިޔާސަތުތައް ހާމަކުރައްވާފައިކަން ފާހަގަ ކުރައްވައި އަޒާން ވިދާޅުވީ، އާންމު ރައްޔިތުންނަށް ބޭނުން އެއްޗެއް ކައިގެން އުޅެވޭނެ ކަމަށެވެ.

އަޒާން މިފަދައިން ވިދާޅުވެފައި މިވަނީ، ޕީއެންސީގެ ހަރުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ދެއްކެވި ވާހަކައަކާ ގުޅިގެން އާއްމުން ކަންބޮޑުވުން ފާޅު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެގޮތުން އާރިފް ވަނީ މި ދުވަސްވަރު ކުރިމަތިވެފައިވާ އިގުތިސާދީ ހާލަތާ ގުޅިގެން ހަރަދުކުޑަކުރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ. އަދި އަބަދު ޓޭކްއަވޭ ތަންތަނުންް ކާ އެއްޗެހި ގެނައުމުގެ ބަދަލުގައި އަމިއްލައަށް ގޭގައި ގަރުދިޔައާއި ބަތް ފަދަ އާދައިގެ ކެއުންތައް ކައްކައިގެން ފުއްދާލުމަށް އޭނާ ގޮވާލެއްވި އެވެ.

"ދާއިމީ ހައްލު ލިބެން އަންނަނީ އެ ބުނާ ހިތި ބޭހެއް ބޮއެގެން." އާރިފް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން