ފިއުލް ސަޕްލައި މޯލްޑިވްސް، އެފްއެސްއެމް އިން ވިއްކި ތެލުގައި ގިނަ އަދަދަކަށް ފެން ހުރިކަމަށް ބުނެ ފަތުރަނީ ހަގީގަތެއްއޮތް ވާހަކައެއް ނޫންކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެ ކުންފުނިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ކުންފުނިން ގއ. މާމެންދޫ އަދި ގއ. ނިލަންދުއަށް ވިއްކި ތެލުގައި ގިނަ އަދަދަކަށް ފެން ހުރިކަމަށް ލިޔެ މީސްމީޑިއާގައި ހަބަރު ފަތުރަމުން ދާކަން ފާހަގަ ކުރެވިފައިވާކަމަށެވެ.

ނަމަވެސް، އެއީ ހަގީގަތެއް އޮތް ވާހަކައެއް ނޫންކަމަށާއި އެ ކުންފުނިން ވިއްކާ ތެލަކީ ކޮލެޓީ ތެޔޮކަމުގެ ޔަގީންކަން ދޭކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެފްއެސްއެމް އިން ބުނީ، އެ ކުންފުނިން ތެލުގެ ކޮލެޓީ ޔަގީން ކޮށްދިނުމަށް ހުރިހާ ބާޖެއްގައި ވެސް ފެނަށް ޓެސްޓް ކުރެވޭނެ އިންތިޒާމު އަބަދުވެސް ހަމަޖެހިފައި ހުންނާނެކަމަށެވެ.

އަދި ތެލުގެ ކޮލެޓީ ކަށަވަރު ކުރުމަށްޓަކައި އެ ކުންފުނިން ގަންނަ ތެޔޮ ވިއްކާ ފަރާތްތަކުން ވެސް އެކަމަށް ހެދިފައިވާ ގަވާއިދުތަކާއި އެއްގޮތަށް ތެޔޮ ރައްކާކުރާ އިންތިޒާމުތައް ތަރައްގީ ކުރުމަށާއި ކަމާބެހޭ ފަރާތްތަކުގެ ލަފަޔާއި އެއްގޮތަށް އަމަލު ކުރުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން