މާލޭގައި ހުންނަ ކޭއެފްސީ އައުޓްލެޓްގެ ބިއްލޫރިގަނޑު ތަޅާލައިފި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި ތަޅާލައިފައިވަނީ މާލޭގެ އަމީނީ މަގަށްވާ ގޮތަށް ހުންނަ ކޭއެފްސީގެ ދޮރެއްގެ ބިއްލޫރިގަނޑެވެ.

އެކަމާ ގުޅޭ ގޮތުން ފުލުުހުންގެ ބަހެއް އަދި ނުލިބެ އެވެ.

އެހެންވެ އެކަން ހިނގި ސީދާ ސަބަބެއް ސާފެއް ނުވެއެވެ.

ކޭއެފްސީގެ ބިއްލޫރިގަނޑު ތަޅާލިއިރު އިސްރާއިލުން ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމާ ގުޅިގެން ގިނަ ބައެއްގެ ނުރުހުން ކޭއެފްސީއަށް ވަނީ އަމާޒުވެފަ އެވެ. އެއީ ކޭއެފްސީން އިސްރާއިލަށް ތާއީދުކޮށް ވާގިވެރިވާ ކަމަށް ބުނެއެވެ.

އެއާއެކު ކޭއެފްސީ ބޮއިކަޓް ކުރުމަށް ގޮވާލައި ބައެއް ރޭރޭ އެ ތަނުގެ ދޮރުމަތީގައި ދަނީ މުޒާހަރާވެސް ކުރަމުން ނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން