ޣައްޒާގައި ހުރި ހަމައެކަނި ސްޕެޝަލައިޒްޑް ކެންސަރު ހޮސްޕިޓަލަށް ޒަޔަނިސްޓް އިސްރާއީލުން ހަމަލާދީ ކުޑަކުދިން ތަކެއް ޝަހީދުކޮށްލައިފިއެވެ.

މި ހޮސްޕިޓަލަކީ އެތައް މަހެއް ވަންދެން އިސްރާއީލް އަސްކަރިއްޔާގެ ސިފައިން ބޭނުންކުރަމުން ދިޔަ ހޮސްޕިޓަލެކެވެ.

މި ހާދިސާ އާއި ގުޅިގެން ތުރުކީ ވިލާތުން ވަނީ އިސްރާއީލުގެ އަސްކަރިއްޔާ ކުށްވެރިކޮށް، އެބައިމީހުން ބައިނަލްއަގްވާމީ ކޯޓުތަކުގައި އިންސާފުގެ ކުރިމައްޗަށް ގެންދާނެ ކަމަށް ބުނެފަ އެވެ.

ޣައްޒާގެ މެދުތެރޭގައި އޮންނަ ނޫސެއިރާތު ރެފިއުޖީ ކޭމްޕަށާ، ކެންސަރ ހޮސްޕިޓަލަށް އިސްރާއީލުން ދިން ހަމަލާގައި ފަސް ކުޑަކުދިން ހިމެނޭ ގޮތަށް ފަލަސްތީނުގެ 11 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފާއިތުވި އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި 38،664 މީހުން ޝަހީދުވެ 89،097 މީހުން ވަނީ ޒަޚަމްވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން