ރާއްޖޭގެ ބޯޑަރުތައް އޮތީ ހަތިޔާރު ހިމެނޭގޮތަށް ބޭނުން އެއްޗެއް އެތެރެކުރެވިދާނެ ހާލަތެއްގައި ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގައި ވާހަކަ ދައްކަވަމުން އެންފޯސްމަންޓް އެންޑް ބޯޑާ ސެކިއުރިޓީއާ ހަވާލުވެ ހުންނެވި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ކަސްޓަމްސް އިސްމާއިލް ހަމްދޫން ވިދާޅުވި ގޮތުގައި ކަސްޓަމްސް އަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކަނޑުގެ ސަރަހައްދު ރަނގަޅަށް ނުބެލެހެއްޓޭ މައްސަލަ އެވެ.

ކަސްޓަމްސްއިން ބުނީ ރާއްޖޭގެ ބޯޑަރުތައް އޮތީ ބަޔަކު ބޭނުންވެއްޖެނަމަ ހަތިޔާރު ވެސް ގެނެވޭ ގޮތަށް ހުޅުވިފައި ކަމަށެވެ. ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އަދާކުރާ ކަސްޓަމްސްއިން މިއަދު ބުނީ ކަސްޓަމްސްގެ އޮފިސަރުން މިހާރު ތިބެން ޖެހެނީ ބަނދަރުތަކުގައި ކަމަށާއި ނަމަވެސް ބަނދަރާ ހަމައަށް ބަޔަކު އައުމުގެ ކުރިން ބޭރުން އަންނަ އުޅަނދުތަކަށް ކޮންމެ ކަމެއް ވެސް ކުރެވޭ ގޮތަށް ހުޅުވިފައިވާ ކަމަށެވެ.

މި މައްސަލައަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއްކަން ފާހަގަކޮށް ކަސްޓަމްސްއިން ބުނީ އެ މީހަކު ބޭނުންވާ ކަމަކަށް ނިޔަތް ގަނެ ބޭނުން އެއްޗެއް އެތެރެކުރެވޭނެ ގޮތަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު އޮތް ކަމަށެވެ.

ކަސްޓަމްސް އިން ބުނީ ކަނޑުމަގުން އަންނަ އުޅަނދުތައް ބަނދަރާ ހަމައަށް ދިއުމުގެ ކުރިން، ކަނޑުމަތިން ލޯކަލް އެހެން އުޅަނދުތަކަށް މަސްތުވާތަކެތި އަރުވައިގެން ފަޅުރަށްރަށަށް ގެންދާ މައްސަލަތަކެއްވެސް ފުލުހުން ބަލާފައިވާ ކަމަށެވެ. އަދި އެކަން ކުރުމުގެ ފުރުސަތު ހަމައެކަނި އޮތީ މަސްތުވާތަކެއްޗަށް އެކަނި ނޫން ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން