ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަނުން ޑިމާންޑާ އެއްވަރަށް އިންޑިއާގެ ޓްރެވިންޑްރަމަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފި އެވެ.

މޯލްޑިވިއަނުން މިހާރުވެސް ހަފުތާއަކު ހަތަރު ފްލައިޓް ޓްރެވިންޑްރަމަށް ދަރުރުކުރެއެވެ. އެގޮތުން ކޮންމެ ހޮނިހިރު، ހުކުރު، ބުދަ އަދި ބުރާސްފަތި ދުވަހަކު ޓްރެވިންޑްރަމަށް ދަތުރު ކުރެއެވެ.

މޯލްޑިވިއަނުން ބުނީ 22 ޖުލައި 2024 އިން ފެށިގެން ކޮންމެ ހޯމަ ދުވަހަކުވެސް ޓްރެވިންޑްރަމަށް ދަތުރުކުރަން ނިންމާފައިވާ ކަމަށެވެ. މި ފްލައިޓާއެކު މާލެ އާއި ޓްރެވިންޑްރަމާ ދެމެދު ހަފުތާއަކު ފަސް ދަތުރު މޯލްޑިވިއަނުން ކުރާނެ އެވެ.

ވެލާނާ އެއާޕޯޓުގެ އިތުރުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން ވެސް ޓްރިވެންޑްރަމަށް، ހަފުތާއަކު ދެ ދުވަހު ދަތުރު ކުރެއެވެ. އެއީ ހޯމަ އަދި ހުކުރު ދުވަހުއެވެ.

މޯލްޑިވިއަންގެ އާ ފްލައިޓް ޝެޑިއުލް އާއެކު ދަތުރުވެރިންނަށް ދަތުރުތައް ޕްލޭން ކުރާއިރު ފަސޭހަ ގޮތްތައް ޚިޔާރު ކުރުމުގެ ފުރުސަތުތައް ލިބިގެންދާނެ އެވެ.



މޯލްޑިވިއަންގެ ފްލީޓުން މިހާރުވެސް ޑޮމެސްޓިކް 16 އެއާޕޯޓަކަށް ދަތުރުކުރާއިރު ރާއްޖެއިން ބޭރުގެ ތިން މަންޒިލަކަށް މި އެއާލައިނުން ދަތުރުތައް ކުރެއެވެ. އެއީ އަވައްޓެރި އިންޑިއާ، ބަންގްލަދޭޝް އަދި ސްރީލަންކާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން