ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމުގެ އުސޫލަށް އިސްލާހު ގެނެސްފިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން އާއްމުކުރި ސާކިއުލަރގައި ބުނީ، މިދިޔަ އަހަރު ފުރަތަމަ އިސްލާހު ގެނެސްފައިވާ، ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތަކަށް ދެވަނަ އިޞްލާޙު ގެނެސްފައިވާ ކަމަށެވެ. އަދި އަންނަ މަހުން ފެށިގެން މި އުސޫލަށް އަމަލު ކުރަން ފަށާނެ ކަމަށް ވެސް ކޮމިޝަނުން ބުނެފައިވެއެވެ.

އެގޮތުން މި އުޞޫލުގެ 14 ވަނަ މާއްދާއަށް ވަނީ ނަންބަރެއް އިތުރު ކޮށްފައެވެ.

މި އިސްލާހުގައި ވާގޮތުން، އޭޓޫ ޝީޓުން އެންމެ މަތިން ޕޮއިންޓް ލިބިފައިވާ ފަރާތް ވަޒީފާ ބޭނުންނުވާ ޙާލަތުގައްޔާއި ވަޒީފާއަށް ހަމަޖައްސާ ފަރާތް ޕްރޮބޭޝަނުގެ މުއްދަތުގައި ވަޒީފާއިން ވަކިވާ ޙާލަތުގައި ދެން އެންމެ މަތިން ޕޮއިންޓް ލިބިފައިވާ ފަރާތަށް ވަޒީފާ ހަމަޖެއްސިދާނެ ކަމަށެވެ.



އޭގެ އިތުރުން، އެ އުޞޫލުގެ 16 ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާހުގައި ބުނަނީ ސިވިލް ސަރވިސްގެ ވަޒީފާގައި ދެމިހުރި މުވައްޒަފަކު (ޚިދުމަތް މެދުނުކެނޑޭގޮތަށް) މުއްދަތު ކަނޑައެޅިފައިވާ މަގާމަކަށްދާހިނދު ނުވަތަ އެފަދަ މަޤާމަކުން (ޚިދުމަތް މެދުނުކެނޑޭގޮތަށް) ސިވިލް ސަރވިސްގެ ދާއިމީ މަޤާމަކަށް ބަދަލުވާ އިރު، އަދި، މުއްދަތު ކަނޑައެޅިފައިވާ މަގާމަކުން އެފަދަ އެހެން މަގާމަކަށް (ޚިދުމަތް މެދުނުކެނޑޭގޮތަށް) ބަދަލުވާއިރު، ކުށުގެ ރެކޯޑު ފޯމު ހުށަހަޅާކަށް ނުޖެހޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން