ގުރުއާން ހިތުދަސްކުރާ ހާފިޒުން ދަސްވެނިވުމަށް ގައުމީ ފެންވަރުގެ ހަފުލާއެއް، އަންނަ އަހަރުން ފެށިގެން ބާއްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ކޮންމެ އަހަރަކު ވެސް ގުރުއާން ހިތުދަސްކުރާ ހާފިޒުންގެ މަސައްކަތުގެ އަގުވަޒަންކުރަނީ ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން ކަމަށެވެ. އެހެން ނަމަވެސް އަންނަ އަހަރުން ފެށިގެން، މި އެވޯޑު ދިނުން ވަކި ހަފުލާއަކަށް ބަދަލު ކުރައްވާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގައި އެވޯޑު ދޭން ފެށީ އޭރު ކޮންމެ އަހަރަކު ވެސް ގުރުއާން ހިތުދަސްކުރާ ހާފިޒުން މަދުވުމުން ކަމަށާއި އެކަމަކު މިހާރު އެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ. ޝަހީމް ވިދާޅުވީ ގުރުއާން މުބާރާތުގެ އިނާމު ދިނުމާއި ހާފިޒުންނަށް އެވޯޑު ދިނުން އެއްކޮށް ގެންދާތީ، އެއްވެސް ހަރަކާތަކަށް ހައްގު ގަދަރު ނުދެވޭ ކަމަށެވެ. އެހެންކަމުން އަންނަ އަހަރުން ފެށިގެން ހާފިޒުންނަށް ވެސް ގައުމީ ފެންވަރުގެ ހަފުލާއެއް ބާއްވާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ހާފިޒުންނަށް ކޮންމެ އަހަރަކު ރައީސް ދެއްވާ ހާއްސަ އެވޯޑެއްގެ ގޮތުގައި 'ރަން ތާޖު' މިހާރު ދެމުން އަންނަނީ ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގައެވެ. އެގޮތުން ރޭ ބޭއްވި ހަފުލާގައި 32 ހާފިޒަކަށް ރައީސް މުޢިއްޒު ވަނީ 'ރަން ތާޖު' ދެެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން