އަހުޒަމް އަޙްމަދު   17 ޖުލައި 2024 - 12:34
ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ތިން ބުރީގެ އިމާރާތެއް އަޅަން ނިންމައިފި އެވެ.

ޕީއެސްއެމުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އެ ކުންފުންޏަށް ބޭނުންވާ ތިން ބުރީގެ އިމާރާތެއް ކުރަހައި އަދި ބީއޯކިއު ހަދައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލައިފައިވާ ކަމަށެވެ.

އެހެންކަމުން އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 23 ވަނަ ދުވަހުގެ 10:00 އަށް ޓީވީއެމް ބިލްޑިންގއަށް ހާޒިރުވެ މައުލޫމާތު ސާފުކުރުމަށްފަހު މި މަހުގެ 30 ވަނަ ދުވަހު 10:00 އަށް ޓީވީއެމް ބިލްޑިންގއަށް ހާޒިރުވެ ޕްރޮޕޯސަލް ހުށަހެޅުމަށް ވަނީ އެދިފަ އެވެ.

އެ އިމާރާތް އެޅުމާ ގުޅޭ ގޮތުން ޕީއެސްއެމުން އިތުރު ތަފްސީލެއް ނުދެއެވެ.

ނިމިގެން ދިޔަ ވެރިކަމުގައި 2022 ވަނަ އަހަރުވެސް ޕީއެސްއެމަށް 15 ބުރީގެ އިމާރާތެއް އަޅައިދޭނެ ބަޔަކު ހޯދަން ދެ ފަހަރު އިއުލާންކުރި އެވެ.

އޭރު ޕްލޭންކޮށްފައި އޮތީ އާ އިމާރާތް ޕީއެސްއެމްގެ ގޯތިތެރޭގައި އޮންނަ ހުސް ބިމުގައި ހެދުމަށް ފަހު މިހާރު ހިންގާ އިމާރާތް ތަޅާލުމަށެވެ.

ނަމަވެސް އެ މަސައްކަތް ކުރިއަކަށް ނުދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން