އީ ލަރނިންގް ހުއްދަ ނުހޯދާ ޕްރޮގްރާމް ކުރިއަށް ގެންދާނަމަ ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ބުނެފިއެވެ.
އީ ލަރނިންގް ހުއްދަ ނުހޯދާ ޕްރޮގްރާމް ހިންގުމާ ގުޅޭގޮތުން އެމްކިއުކޭއިން އާއްމުކުރި އިއުލާނުގައި ބުނީ، މަތީ ތައުލީމު ދޭ މަރުކަޒުތަކުން އީ-ލަރނިންގް ހުއްދަ ނުހޯދާ ޕްރޮގްރާމުތައް އިޝްތިހާރުކޮށް، ހިންގާކަމުގެ ޝަކުވާތަކެއް ލިބެމުން ދާ ކަމަށެވެ.
ކޮވިޑް-19 ގެ ތެރޭގައި ދިވެހިރާއްޖޭގެ ހުރިހާ މަތީތައުލީމުދޭ މަރުކަޒުތަކަށް އީ-ލަރނިންގް ޑެލިވަރީ މޮޑަލިޓީގައި ޕްރޮގްރާމުތައް ހިންގަން ދެވުނު ހުއްދަ، 2022 ވަނަ އަހަރުގެ އޭޕްރީލްމަހުގެ ފަހުކޮޅު ވާނީ ބާތިލު ކޮށްފައި ކަމަށް އެމްކިއުއޭއިން ބުންޏެވެ.
އަދި ހަމަ އެ އަހަރުގެ މޭ މަހުގެ މެދުތެރޭގައި އާއްމުކުރި، 'ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދު' އަދި އޯގަސްޓް މަހުގެ ތެރޭގައި އާއްމުކުރި 'ގައިޑްލައިންސް ފޯ އީ-ލަރނިންގް' ޝާއިއު ކުރުމާ ގުޅިގެން، އެ ގަވާއިދާ އެއްގޮތަށް ޕްރޮގްރާމު ހުށަހަޅާ ހުއްދަ ހޯދުމަށް އަންގާފައި ވާނެ ކަމަށްވެސް އެމްކިއުއޭއިން ބުންޏެވެ.
އެމްކިއުއޭއިން ބުނީ، ގިނަ މަރުކަޒުތަކުން އެ ގަވާއިދާ އެއްގޮތަށް ހުއްދަ ހޯދާ ކަމަށެވެ. ނަމަވެސް ހުއްދަ ނުހޯދާވެސް ޕްރޮގްރާމު ހިންގާތީ، އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެމްކިއުއޭގެ އިއުލާނުގައި ވެއެވެ.
މީގެއިތުރުން އެމްކިއުއޭއިން ބުނީ، މަތީ ތައުލީމުދޭ މަރުކަޒުތަކަކީ، މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީ ކުރުމާ ބެހޭ ވުޒާރާގައި ރަޖިސްޓްރީ ކޮށްފައިވާ ތަނެއްކަން ކަށަވަރު ކުރަން ވާނެ ކަމަށެވެ.
އަދި މަރުކަޒުތަކުން ހިންގާ ޕްރޮގްރާމު ތަކަކީ އެމްކިއުއޭއިން ހުއްދަ ދީފައިވާ، އެ ޕްރޮގްރާމެއްގެ 'ޑެލިވަރީ މޮޑަލިޓީ' އެމްކިއުއޭގެ ވެބްސައިޓްގެ ކޮލިފިކޭޝަން ރަޖިސްޓްރީއިން ކަށަވަރު ކުރުމަށްފަހު ކިޔެވުން ކުރިއަށް ގެންދިއުމަށް އެމްކިއުއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު