އައްޑޫގައި ހުންނަ ޕޮލިސް ކޮލެޖުގައި ތަމްރީން ހަދާ 32 ފުލުހަކު ކާނާވިހަވެގެން ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެފިއެވެެ.

ފުލުހުންގެ ޚިދުމަތުން ބުނީ އައްޑޫ ޕޮލިސް އެކެޑެމީގެ ގިނަ ދަރިވަރުންތަކެއް ބަލިވެ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި މިވަގުތު އެޑްމިޓްކޮށްގެން ފަރުވާދެމުންދާ ކަމަށެވެ. ފަރުވާ ދިނުމަށްފަހު ބައެއް ދަރިވަރުން އަނބުރާ ޕޮލިސް އެކެޑެމީ އަށް ގެންދިޔުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން އެންމެ ފަހުން މައުލޫމާތުދިން ގޮތުގައި ކާނާވިހަވި ދަރިވަރުންގެ ތެރެއިން 5 ދަރިވަރަކަށް ފަރުވާ ދެމުންގެންދަނީ އައިސީޔޫގައެވެ. އަދި އެއް ދަރިވަރެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެއެވެ.

އައްޑޫ އީކުއިޓޯރިއަލް ހޮސްޕިޓަލުން ބުނީ ފަރުވާ ދެމުންދާ ހުރިހާ މީހުންގެ ހާލު ވެސް ސްޓޭބަލް ކަމަށެވެ.

މި ދަރިވަރުންނަކީ އަންނަ ހޮނިހިރު ދުވަހު ޕޮލިސް ބޭސިކް ޓްރެއިނިން ފަށާ ބެޗުގެ ދަރިވަރުންތަކެއް ކަމަށް މަައުލޫމާތު ލިބެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން