ވީއައިޕީ ލައުންޖުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ރައްޓެހިންނަށް ހިދުމަތް ނުދެވޭ ގޮތަށް މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފި އެވެ.
މީގެ ކުރިން 17 ވަނަ އަދި 18 ވަނަ މަޖިލީހުގައި މެމްބަރުން ދަތުރުކުރައްވާ އިރު މެންބަރުންނާއި މެންބަރުންގެ އަނބިންނާއި ފިރިންގެ އިތުރަށް ދަރިންނާއި މައިންބަފައިން އަދި ރައްޓެހިންނަށް ވެސް ވީއައިޕީ ލައުންޖް ބޭނުންކުރެވެއެވެ. އަދި ލައުންޖް ބޭނުންކުރުމަށްފަހު ބިލު ފޮނުވަނީ މަޖިލީހަށެވެ.
ނަމަވެސް އެކަން މިދިޔަ މަޖިލީހުން ބަދަލުކޮށް މެމްބަރުން ދަތުރުކުރާއިރު އަނބިންނާއި ފިރިންގެ އިތުރަށް ދަރިންނާއި މައިންބަފައިނަށް ހިދުމަތް ލިބޭ ގޮތަށް ބަދަލުކުރި އެވެ.
ނަމަވެސް ހަމަ ނިމިގެން ދިޔަ މަޖިލީހުން ވަނީ މެމްބަރުންގެ ދެ ރައްޓެހިންނަށް ވެސް ވީއައިޕީ ލައުންޖުން ހިދުމަތް ލިބޭ ގޮތަށް މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފަ އެވެ. އެކަމަކު އެކަން މިދިޔަ މަޖިލީހުގެ ތަޅުމުން އޮތީ ފާސްނުކޮށެވެ.
އިއްޔެ އާންމު ކޮމިޓީން ފުރަތަމަ ނިންމީ ކުރިން ނިންމާފައި އޮތް ގޮތަށް ދެ ރައްޓެހިންނަށް ހިދުމަތް ލިބޭ ގޮތަށް ބޭއްވުމަށެވެ.
އެކަމަކު ފާޑުކިއުން އަމާޒުވެ މަޖިލިީހުގައި ހިމެނޭ އިދިކޮޅު އެމްޑީޕީން ވަރަށް ބޮޑަށް ދެކޮޅު ހަދަންފެށުމުން ފަހުން ވަނީ އަލުން ކޮމިޓީ ބާއްވައި ހަމައެކަނި މެމްބަރުންނާއި އެ މެމްބަރުންގެ އާއިލާގެ މެމްބަރުންނަށް ވީއައިޕީގެ ހިދުމަތް ލިބޭ ގޮތަށް ފާސްކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު