ވިސާއާ ނުލައި ދިވެހީންނަށް ތައިލެންޑްގައި ދެ މަހު ތިބެވޭ ގޮތަށް މުއްދަތު އިތުރުކޮށްފި އެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ ރާއްޖެއާ ތައިލެންޑާ ދެމެދު ހަމަޖައްސާފައިވާ ވިސާ ޕޮލިސީއަށް ގެނައި ބަދަލާއެކު ޗުއްޓީއަށާއި، ބޭސްފަރުވާ ނުވަތަ ވިޔަފާރީގެ ބޭނުންތަކަށް ތައިލަންޑަށް ދަތުރުކުރާ ދިވެހިންނަށް ވިސާއާ ނުލައި 60 ދުވަހު ތައިލެންޑުގައި ހުރެވޭގޮތަށް މިހާރު ހަމަޖައްސާފައިވާ ކަަމަށެވެ.
އަދި އެ 60 ދުވަހުގެ ވިސާގެ މުއްދަތު އިތުރުކުރަން ބޭނުންވާ ހާލަތެއް މެދުވެރިވެއްޖެނަމަ، ވިސާގެ މުއްދަތު ހަމަވުމުގެ ކުރިން ތައިލެންޑް އިމިގްރޭޝަން ޑިޕާޓްމަންޓަށް އެކަން ހުށަހެޅުމުން އިތުރު 30 ދުވަހަށް ވިސާގެ މުއްދަތު އިތުރުކޮށްދޭގޮތަށް ހަމަޖެހިފައިވާކަމަށް ވެސް ބުނެފައި ވެއެވެ.
ރާއްޖޭން ބޭރަށް އެކި ބޭނުންތަކުގައި ދަތުރުކުރާ ދިވެހިން ދަތުރަށްފެށުމުގެ ކުރިން ޓްރެވަލް އިންޝުއަރެންސެއް ހޯދުމުގެ މުހިއްމުކަމާއި، ރާއްޖެއިން ބޭރުގައި އުޅުއްވާއިރު އެޤައުމެއްގެ ޤާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށްވެސް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.
ބޭސް ފަރުވާއަަށާއި ޗުއްޓީއަށް ތައިލެންޑަށް ދާ ދިވެހީންގެ އަދަދު ވަރަށް ގިނަކަން ފާހަގަކޮށްލެވެ އެވެ.

ކިޔުންތެރިންގެ ހިޔާލު