އައްޑޫ ސިޓީގައި ކާރެއްގައި އަލިފާން ރޯވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ އައްޑޫ ސިޓީ ހިތަދޫގައި ކާރެއްގައި ރޯވެގެން އުޅޭ ކަމުގެ މައުލޫމާތު ލިބުނީ ރޭ ދަންވަރު 02:38 ހާއިރު ކަމަށެވެ.

އަދި އެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން އެ ސީންއަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކުރި ކަމަށެވެ. އަދި ރޯވި އަލިފާން ނިންމާލެވުނީ ދަންވަރު 03:16 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުން ކާރު ވަނީ ވަރަށް ބޮޑަށް އަނދައިފަ އެވެ. އެ ކާރުގައި ރޯވީ ކީއްވެގެން ކަމެއް ސާފެއް ނުވެއެވެ.

އެމްއެންޑީއެފުން އިއްޔެ ވަނީ އައްޑޫ ސިޓީ ހިތަދޫ ސްކޫލާ ދިމާލު ވަލުތެރޭގައި ރޯވި އަލިފާން ގަނޑެއްވެސް ނިއްވާލައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން