ގަވާއިދާ ހިލާފަށް ކާބޯތަކެތި ޑެލިވަރީ ކުރަމުންދިޔަ ތަނަކުން 11 ބިދޭސީން އަތުލައިގެންފި އެވެ.

އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ބިދޭސީ ބަޔަކު ހުޅުމާލޭ ގަރާޖެއްގެ މަތީގައި ހިންގަމުންދާ ކާބޯތަކެތި ޑެލިވަރީ ކުރާ ތަނަކާއި ގުޅިގެން "އިމިގްރޭޝަން ވޮޗް" އަށް ލިބިފައިވާ މަޢުލޫމާތާއެކު މިއަދު އެތަން ބަލައި ފާސްކޮށްފައިވާ ކަމަށެވެ.



އެގޮތުން އިމިގްރޭޝަނުން އެތަނަށް ދިޔައިރު ބިދޭސީން ދިޔައީ އެތަން ރޫޅާލާ ހުސްކުރުމުގެ މަސައްކަތް ކުރަމުން ކަމަށާއި ނަމަވެސް، ގަވާއިދާ ހިލާފަށް ކާބޯތަކެތި ޑެލިވަރީ ކުރާ ތަނުގައި ތިބި ބިދޭސީ 8 މީހަކާއި ގަރާޖުން ތިން މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.

އިމިގްރޭޝަނުން ވަނީ މިތަނާއި ގުޅޭގޮތުން ދާދި ފަހުން ސޯޝަލް މީޑިއާގައި އާއްމުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަން ވެސް ހާމަކޮށްފައެވެ.

އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ރާއްޖޭގައި ގަވާއިދާ ޚިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދަން ކުރިއަށްގެންދާ އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް 118 ބިދޭސީއަކު އަތުލައިގެންފައިވާ ކަމަށް އެ އިދާރާ އިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން