ބަންގުލަދޭޝްގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެގައުމުގައި އުޅޭ ދިވެހިން ސަމާލުވުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

އެގޮތުން އެ ގައުމަށް ދަތުރުކުރާ ދިވެހީންގެ އިތުރުން އެ ގައުމުގައި ދިރިއުޅޭ ދިވެހީންވެސް ސަމާލުވުމަށް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެގޮތުން، ބަންގްލަދޭޝް ސަރުކާރުން އިރުޝާދު ދީފައިވާ ގޮތަށް މިދަނޑިވަޅުގައި ބޭރަށް ނުކުމެ ނޫޅުމަށާއި ބަންގްލަދޭޝް ސަރުކާރާއި ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް ފޮރިން މިނިސްޓްރީން ވަނީ އިރުޝާދުދީފަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހި ކިޔަވާކުދިންނާއި ދިރިއުޅޭ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އަދި މިކަމާ ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންފުޅުވާނަމަ، ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ ގުޅުއްވުން އެދެމެވެ. ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ ގުޅޭނެ މައުލޫމާތު ތިރީގައި މިވަނީއެވެ. -ގުޅޭނެ ނަންބަރު: (+) 8801329748885 ، (+) 8801708120318 އަދި އީމެއިލް އެޑްރެސް އީމެއިލް އެޑްރެސް " ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

ބަންގުލަދޭޝްގައި މުޒާހަރާތައް ފެށުނީ އެ ގައުމުގެ މިނިވަންކަމަށް މަސައްކަތް ކުރި މީހުންގެ ދަރިންނަށް ސިވިސް ސާވިސްގެ ވަޒީފާތަކެއް ހާއްސަ ކުރުމުން ނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން