އަވަށްޓެރި އިންޑިޔާގައި ފުލުހުން އޮޕަރޭޝަންތަކުގައި ބޭނުން ކުރާ ކުއްތާއެއް އަށް ކިލޯމީޓަރަށް ދުވެ ހާލުގައި ޖެހިފައި އޮތް މީހަކު ސަލާމަތް ކޮށްފިއެވެ. ބުދަ ދުވަހުގެ ރޭ ހިނގި މި ހާދިސާގައި ކުއްތާ ވަނީ އަނދިރީގައި ބޯކޮށް ވާރޭވެހިވެހި އޮއްވާ ހުއްޓުމެއް ނެތި އަށް ކިލޯމީޓަރަށް ދުވެ އަންހެނަކު މަރުގެ ތުންފަތްމަތިން ސަލާމަތް ކޮށްފައެވެ.
ޓޫންގާ-2 ނަމަކަށް ކިޔާ ކުއްތާ އަކީ އިންޑިޔާ ފުލުހުން މީހުން ހޯދުމުގައި އާއި މަސްތުވާތަކެތި ހޯދުމުގައި ބޭނުން ކުރުމަށް ތަމްރީނު ދީފައިވާ ކުއްތާއެކެވެ. ބުދަ ދުވަހު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މި ކުއްތާ ބޭނުން ކޮށްފައި ވަނީ ގެއްލިފައިވާ އަންހެނަކު ހޯދުމަށެވެ. އެގޮތުން ކުއްތާއަށް އަންހެން މީހާ ބޭނުންކޮށްފައިވާ ހެދުމެށް ފަދަ އެއްޗެއްގެ ވަސް ދެއްކުމުން އެސޮރު އެންމެ ފަހުން އަންހެން މީހާ ހުރި ތަނުގައި ވަސް ހުރެއްޖެ ހާލަތެއްގައި ވަސް ‘ފޮލޯ’ ކުރަމުން އަންހެން މީހާ(ކޮންމެ މީހަކު ވިޔަސް) ހޯދާނެއެވެ.
މި ހާދިސާގައި ކުއްތާ ވަނީ އަށް ކިލޯމީޓަރަށް ދުވެ އެސޮރާ ހަވާލުކުރެވިފައިވާ ޒިންމާ ވަރަށް ފުރިހަމައަށް އަދާކޮށްފައެވެ. މި ހާދިސާ ހިނގާފައި ވަނީ ކްރައިމް އޮޕަރޭޝަނެއްގައި ކުށުގެ ވެށިން ގެއްލިފައިވާ މީހަކު ހޯދުމަށެވެ. ފުލުހުންނަށް ހާދިސާގެ ރިޕޯޓު ކުރީ ގެއްލިގެން ހޯދަމުން ދިޔަ އަންހެންމީހާގެ ފިރިމީހާ އެވެ. އެގޮތުން އަންހެންމީހާ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ އޭނާގެ ލޯބިވެރިޔާ ވަރަށް ބޮޑަށް އޭނާއަށް އަނިޔާކޮށް އަންހެން މީހާ ‘ކިޑްނެޕް’ ކުރުމުން ފިރިމީހާ ފުލުހުންނަށް ގުޅިއެވެ.
ދެމަފިރިންގެ ގޭގައި ހިނގި މި ހާދިސާގައި ލޯބިވެރިޔާ ވަނީ އަންހެންމީހާގެ ގޭގައި އޮތްވާ އަނިޔާކޮށް ލޭ އޮހުރުވާފައެވެ. އަދި ފިރިމީހާ ގޭގައި ނެތް ވަގުތެއްގައި މި ހާދިސާ ހިނގި އިރު ފިރިމީހާ އައުމުގެ ކުރިން ލޯބިވެރިޔާ ވަނީ އަންހެން މީހާ ގޮވައިގެން ފިލާފައެވެ. ފުލުހުން މި މައްސަލަ ތަހުގީގު ކުރަން ފެށީ ފިރިމީހާ ފުލުހުންނަށް ގުޅައި އަންހެން މީހާ ގެއްލުނު ކަމަށް ބުނި ހިސާބުންނެވެ.
ކުއްތާގެ އެހީތެރިކަމާއެކު އަންހެން މީހާ ހޯދުނު އިރު އޭނާ ސަލާމަތްވީ ކިރިޔާ ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން އަންހެން މީހާ ހޯދި ތަނަށް ފުލުހުންނަށް ދެވުނު އިރު އޭނާގެ ލޯބިވެރިޔާ ދިޔައީ އަންހެން މީހާ އަށް އަނިޔާ ކުރަމުން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
އިންޑިޔާ ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު