ފޮރިން މިނިސްޓަރު މޫސާ ޒަމީރު ރަސްމީ ދަތުރެއްގައި މާދަމާ ޗައިނާ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ މިއީ ސީޕީސީގެ ސެންޓްރަލް ކޮމިޓީގެ ޕޮލިޓިކަލް ބިއުރޯގެ މެންބަރު، ސެންޓްރަލް ކޮމިޝަން ފޯ ފޮރިން އެފެއާޒްގެ އޮފީހުގެ ޑިރެކްޓަރު އަދި ޗައިނާގެ ފޮރިން މިނިސްޓަރު މިސްޓަރ ވަންގް ޔީ ގެ ދައުވަތަކަށް ފޮރިން މިނިސްޓަރު މި މަހުގެ 20-24 އަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

މި ދަތުރުގައި ފޮރިން މިނިސްޓަރު، ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީއާއެކު ރަސްމީ މަޝްވަރާތަކެއް ބާއްވަވާނެ ކަމަށް އެ މިނިސްޓްރީން ބުނެއެެވެ. އަދި މި ދަތުރުގެ ތެރެއިން ޗައިނާ ސަރުކާރުގެ އިސްވެރިންނާއި އެ ގައުމުގެ ބޮޑެތި ބައެއް ކުންފުނިތަކާ ވެސް ބައްދަލު ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީއިން މައުލޫމާތުދެއެވެ.

ފޮރިން މިނިސްޓަރު މޫސާ ޒަމީރުގެ އިތުރުން ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އަދި ކޮންސްޓްރަކްޝަން އެންޑް އިންސްފްރާންސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވެސް މިދަތުރުގައި ބައިވެރިވެ ވަޑައިގަންނަވާނެެެއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން