މާލޭގެ ގެއެއްގައި މީހަކު ރަހީނު ކޮށްގެން ގެންގުޅުނު ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ ދިވެހި ފިރިހެނަކު ރަހީނުކޮށްގެން މާލޭ ގެއެއްގައި ގެންގުޅުނު މައްސަލައެއް އިއްޔެ ފުލުުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން 30، 27، އަދި 22 އަހަރުގެ ދިވެހި ތިން ފިރިހެނަކު ހައްްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެެވެ.

ފުލުހުން ބުނިގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޒިރު ކުރުމުން، އެ ތިން މީހުން ވެސް 10 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރު ކޮށްފައެވެ.

މިމައްސަލައިގައި ހައްޔަރުކުރި ތިން މީހުން 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ނިންމައި ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ އެމީހުން ހައްޔަރުކޮށްފައި ވަނީ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ސީނުން ކަމަށެވެ.

ކޯޓު އަމުރުގައި ބުނީ ތިން މީހަކު ވެގެން ގެސްޓް ހައުސްގެ ކޮޓަރިއަކަށް ވަދެ، އެތަނުގައި ހުރި އެއްޗެހި އުކާލާ، ރަހީނު ކުރި މީހާ މި މީހުންނާއެކު އެހެން ތަނަަކަށް ގެންގޮސް ބެހެއްޓުމަށްފަހު އޭނާއަށް ދެވޭނީ ފައިސާ ދިނުމުންކަމަށް ބުނެ އިންޒާރު ދީފައިވާ ކަމަށެވެ. މި މީހުން ރަހީނުކުރި މީހާ ގޮވައިގެން ސައިކަލުގައި ދާ މަންޒަރު ސީސީޓީވީ ފޫޓޭޖުން ފެންނަ ކަމަށްވެސް ފުލުހުންނާއި ހަވާލާދީ ކޯޓު އަމުރުގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން