އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގެ ނޫސްވެރިންނާއި، މަތީ ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް ހާއްސަކޮށްގެން “ހޭލުންތެރި މީޑިއާ” ނަމުގައި ބާއްވާ ޓްރެއިނިން ޕްރޮގްރާމެއް ފަށައިފިއެވެ.

ދެ ދުވަހުގެ ނިޔަލަށް ފުވައްމުލަކު ސިޓީގައި ކުރިއަށް ގެންދާ މި ޓްރެއިނިން ޕްރޮގްރާމްގައި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީން 40 ބައިވެރިން ބައިވެރިވެފައިވާ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާއި ބެހޭ ވުޒާރާއިން މައުލޫމާތު ދެއެވެ.

އެ ވުޒާރާއިން މައުލޫމާތުދޭ ގޮތުގައި، މި ޓްރެއިނިން ޕްރޮގްރާމްގައި ބައިވެރިންނާއި މައުލޫމާތު ހިއްސާކުރާ މައުޟޫތަކުގެ ތެރޭގައި، ނޫސްވެރިކަމާއި ނޫސްވެރިކަމުގެ އަހުލާގު، ނޫސްވެރިކަމުގެ ވައްތަރުތަކާއި ލިޔުންތެރިކަމުގެ ވައްތަރުތައް، ދިވެހިރާއްޖޭގެ ތަރައްގީގައި ނޫސްވެރިންގެ ދައުރު، ތަހުގީގީ ނޫސްވެރިކަން ނުވަތަ އިންވެސްޓިގޭޓިވް ޖާރނަލިޒަމް، އެކި އެކި ފިކުރުތަކާއި ނޫސްވެރިކަން އަދި ނޫސްވެރިކަމުގެ ބަސްމަގު، ނޫސްވެރިންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި ހުރި ފުރުސަތުތައް އަދި ފޭކް ނިއުސް އެންޑް ޝޮލިއުޝަން ޖާރނަލިޒަމް ހިމެނެއެވެ.

މި ސެޝަންތައް ނަންގަވައި ދެއްވަނީ އަލީ ޝައްމާން، އަބްދުއްލަތީފު އަހުމަދު، އަހުމަދު ނާއިފު، މުހައްމަދު ނަޒީފު، ޝަމްއާން ޝާކިރު، އަމާނުالله ރަޝީދު، އަޝްރަފު އަލީ އަދި ޑރ އިބްރާމް ސަމީރު އެވެ.

މި ޓްރެއިނިން ޕްރޮގްރާމްގެ މަގުސަދަކީ ނޫސްވެރިކަމުގައި އުޅޭ އަދި ނޫސްވެރިކަމަށް ޝައުގުވެރިކަން ހުންނަ އައްޑޫ އަދި ފުވައްމުލަކު ސިޓީގެ ފަރާތްތައް ހަބަރާއި މައުލޫމާތު ފެތުރުމަށް އަހުލުވެރިކުރުވުން ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާއި ބެހޭ ވުޒާރާއިން މައުލޫމާތު ދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން