މާލޭގެ ފިހާރައެއް ފަޅައިލާ އެ ތަނުން ގަހަނާތަކެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ޗަމްޕާ މަގު، ޕެންޒީ ފިހާރައިން ރޭ ވައްކަން ކޮށްފައިވާ ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.

އެ ފިހާރައިން ވަގަށް ނަގައިފައިވާކަމަށް ތުހުމަތުކުރެވޭ ގަހަނާތަކެއް ވެސް ހޯދައިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން