ޑްރަގާއި، ގޭންގު މައްސަލަ ހައްލުކުރުމުގައި އެމަނިކުފާނުގެ ފަސްއަހަރުގެ ތެރޭގައި ރަނގަޅު ނަތީޖާއެއް ނެރޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ނާރެސް ޕޯޓަލް އިފްތިތާހު ކުރުމާއި ކުރަނގި އޮޕަރޭޝަން ފޭސް 2 އިފްތިތާހު ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޑްރަގްގެ މައްސަލައަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް މައްސަލަ ކަމަށެވެ. އެގޮތުން މި މައްސަލަ ހައްލު ކުރުމަކީ ރާއްޖޭގައި އަދި ދުވަހަކު ވެސް ނަތީޖާ ނެރެވުނު ކަމެއް ނޫން ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހުރިހާ ރަށެއްގެ ކައުންސިލުތަކާއި ޖަމިއްޔާތަކާއި ޖުމްލަކޮށް މުޅި މުޖުތަމައުގެ އެހީތެރިކަމާއެކު އަޒުމަކަށް ވާންވީ މި ފަސް އަހަރު ތެރޭގައި އެކަށީގެންވާ ނަތީޖާއެއް މި މައްސަލައަށް ނެރުމަށް ކަމަށެވެެ.
"ޑްރަގް މައްސަލައާއި އެކީގައި ނުގަވާއިދުން އުޅޭ ބިދޭސީންގެ މައްސަލަ އާއި އެކި ކަހަލަ ގޭންގު ހަދައިގެން އުޅޭ ފަރާތްތަކާއި، މި ތިން މައްސަލައަކީ މުޖުތަމައުގައި ވަރަށް ބޮޑު ހައްލެއް ގެންނަންޖެހިފައިވާ، އެ ހައްލު ގެނެވިއްޖެނަމަ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ރައްޔިތުންނަށް ލިބޭނެ ކަންކަން. އެހެންވީމަ މި ތިންކަންތަކުގައި މުހިންމު ނަތީޖާތަކެއް، ރައްޔިތުން އެދޭފަދަ ނަތީޖާ ތަކެއް ނެރެވޭނެ. ނެރެވޭ ގޮތަށް އަޅުގަނޑުމެން އެންމެން އަޒުމު ކަނޑައަޅަައިގެން މަސައްކަތްކުރާނަން." ރައީސް ވިދާޅުވިއެެވެ.

Vice President @HucenSembe attends the inauguration ceremony of the Naares Portal & Operation Kurangi Phase 2, organised by the Ministry of Homeland Security & Technology. pic.twitter.com/H7AyzvT45c
— The President's Office (@presidencymv) July 19, 2024
ރައީސް ވިދާޅުވީ ހުރިހާ ރަށެއްގެ ކައުންސިލުތަކާއި ޖަމިއްޔާތަކާއި ޖުމްލަކޮށް މުޅި މުޖުތަމައުގެ އެހީތެރިކަމާއެކު އަޒުމަކަށް ވާންވީ މި ފަސް އަހަރު ތެރޭގައި އެކަށީގެންވާ ނަތީޖާއެއް މި މައްސަލައަށް ނެރުމަށް ކަމަށެވެެ.
"ޑްރަގް މައްސަލައާއި އެކީގައި ނުގަވާއިދުން އުޅޭ ބިދޭސީންގެ މައްސަލަ އާއި އެކި ކަހަލަ ގޭންގު ހަދައިގެން އުޅޭ ފަރާތްތަކާއި، މި ތިން މައްސަލައަކީ މުޖުތަމައުގައި ވަރަށް ބޮޑު ހައްލެއް ގެންނަންޖެހިފައިވާ، އެ ހައްލު ގެނެވިއްޖެނަމަ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ރައްޔިތުންނަށް ލިބޭނެ ކަންކަން. އެހެންވީމަ މި ތިންކަންތަކުގައި މުހިންމު ނަތީޖާތަކެއް، ރައްޔިތުން އެދޭފަދަ ނަތީޖާ ތަކެއް ނެރެވޭނެ. ނެރެވޭ ގޮތަށް އަޅުގަނޑުމެން އެންމެން އަޒުމު ކަނޑައަޅަައިގެން މަސައްކަތްކުރާނަން." ރައީސް ވިދާޅުވިއެެވެ.
ކިޔުންތެރިންގެ ހިޔާލު