މާލޭގެ އަމީނީމަގުގައި ހުންނަ ކޭއެފްސީ ފްރެންޗައިސް ރެސްޓޯރެންޓްގެ ބިއްލޫރިގަނޑު ތަޅާލި މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.

ކޭއެފްސީގެ ބިއްލޫރިގަނޑު މި ހަފްތާތެރޭ ދެފަހަރެއްގެމަތިން ވަނީ ތަޅާލާފައެވެ. އެގޮތުން ރޭ ފަތިހު ވެސް ބިއްލޫގަނޑު ތަޅާލާފައިވާއިރު މިދިޔަ އަންގާރަ ދުވަހު ވެސް ވަނީ އެ ތަނުގެ ބިއްލޫރިގަނޑު ތަޅާލާފައެވެ.

ފުލުހުން ބުނީ، އަންގާރަ ދުވަހު އެ ތަނުގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން 48 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަަށެވެ.

ނަމަވެސް، ރޭ ފަތިހު ބިއްލޫރިގަނޑު ތަޅާލި މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުން ޝަހީދު ކުރަމުންދާ މައްސަލާގައި، އިސްރާއީލަށް ނިސްބަތްވާ ބޮޑެތި ބްރޭންޑްތަކާއި ވިޔަފާރިތައް ބޮއިކޮޓް ކުރުމުގެ ބޮޑު ކެމްޕޭނެއް މުޅި ދުނިޔޭގައި ވެސް ދަނީ ކުރިއަށެވެ.

އެގޮތުން ރާއްޖޭގައި ވެސް ގިނަބަޔަކު ދަނީ އެފަދަ ވިޔަފާރިތަކުން ވިޔަފާރި ނުކުރުމަށް ގޮވާލަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން