މާލޭގެ އަމީނީމަގުގައި ހުންނަ ކޭއެފްސީ ފްރެންޗައިސް ރެސްޓޯރެންޓްގެ ބިއްލޫރިގަނޑު ތަޅާލި މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.

ކޭއެފްސީގެ ބިއްލޫރިގަނޑު މި ހަފްތާތެރޭ ދެފަހަރެއްގެމަތިން ވަނީ ތަޅާލާފައެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ފަތިހު ވެސް ބިއްލޫގަނޑު ތަޅާލާފައިވާއިރު މިދިޔަ އަންގާރަ ދުވަހު ވެސް ވަނީ އެ ތަނުގެ ބިއްލޫރިގަނޑު ތަޅާލާފައެވެ.

ނަމަވެސް އެ މައްސަލައިގައި އަދި ހައްުޔަރުކުރީ މިދިޔަ އަންގާރަ ދުވަހު ބިއްލޫރިގަނޑު ތަޅާލިކަމުގެ ތުހުމަތުގައި 48 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ ހައްޔަރުކުރި މީހާ ކްރިިމިނިލަ ކޯޓަށް ހާޒިރުކުރުުމުން އޭނާގެ ބަންދަށް މިހާރު 30 ދުުވަސް ޖަހައިދީފައިވާ ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކޭއެފްސީގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައިގައި އަދިވެސް މީހަކު ހައްޔަރުނުކުރާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ކޭއެފްސީގެ ބިއްލޫރިގަނޑު ތަޅާލިއިރު އިސްރާއިލުން ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމާ ގުޅިގެން ގިނަ ބައެއްގެ ނުރުހުން ކޭއެފްސީއަށް ވަނީ އަމާޒުވެފަ އެވެ. އެއީ ކޭއެފްސީން އިސްރާއިލަށް ތާއީދުކޮށް ވާގިވެރިވާ ކަމަށް ބުނެއެވެ.

އެއާއެކު ކޭއެފްސީ ބޮއިކަޓް ކުރުމަށް ގޮވާލައި ބައެއް ރޭރޭ އެ ތަނުގެ ދޮރުމަތީގައި ދަނީ މުޒާހަރާވެސް ކުރަމުން ނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން