—
ފާއިތުވި 8 މަސްދުވަހުގެ ތެރޭގައި ޖުމުލަ 39 ފަރާތަކުން ރާއްޖޭގައި އިސްލާމްދީން ގަބޫލުކޮށްފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

މި ސަރުކާރު އައިފަހުން އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންގޮސްފައިވާ މަސައްކަތްތަކާއި އެކި ތަފާސްހިސާބުތައް ދައްކައިދިނުމަށް މިއަދު ހުޅުވި އެ މިނިސްޓްރީގެ މީޑިއާ މައުރަޒުގައި ބަހައްޓާފައިވާ ސްޓޯލެއްގައި އާންމުކޮށްފައިވާގޮތުން, 39 މީހަކު އިސްލާމް ދީން ގަބޫލުކޮށްފައިވަނީ ޖުމުލަ 13 ގައުމަކުންނެވެ.

މީގެ ތެރޭގައި ހިމެނެނީ, ޕިލިޕީންސްގެ 8 މީހަކާއި އިންޑޮނޭޝިއާގެ 3 މީހަކާއި ރަޝިޔާގެ 3 މީހަކާއި އިޓަލީގެ 3 މީހަކާއި ތައިލެންޑްގެ 3 މީހަކާއި ސްރީލަންކާގެ 3 މީހަކާއި އިންޑިއާގެ 5 މީހަކާއި ނޭޕާލްގެ 4 މީހަކާއި ވިއެޓްނާމުގެ 2 މީހަކާއި ޖަރުމަނުގެ 2 މީހަކާއި އަދި ސްޕެއިން, މެލޭޝިއާ, ޖަޕާން މި ތިން ގައުމުން ކޮންމެ ގައުމަކުން މީހެކެވެ.

ރާއްޖޭގައި އެކި ކަންކަމުގައި ދިރިއުޅެމުންދާ ބިދޭސީން އިސްލާމްދީން ގަބޫލު ކުރުމަކީ އާންމުކަމެކެވެ. ރާއްޖޭގައި މިކަންކުރަން ހަމަޖައްސާފައިވަނީ އިސްލާމިކް މިނިސްޓްރީގެ އެކަމަށް ހާއްސަ ޓީމަކާއި ބައްދަލުކޮށް އެބޭފުޅުންގެ ހާޒިރުގައި އިސްލާމްދީން ގަބޫލުކުރާ ގޮތަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން