ވަޒީފާތައް އިތުރުނުވަނީ ސަރުކާރުތަކުން އެކަމަށް ހުރަސް އަޅާތީ ކަމަށް ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.

ފާރިސް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ވާޒީފާތައް އިތުރުނުވާތީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

އެގޮތުން ވަޒީފާގެ ފުރުސަތު އިތުރުނުވާ ސަބަބަކީ ސަރުކާރުތަކުން އެކަމަށް ހުރަސް އަޅާތިކަން ފާހަގަ ކުރައްވައި ފާރިސް ވިދާޅުވީ ސަރުކާރުތަކުން ކޮންމެ ދައުރެއްގައިވެސް މަސައްކަތް ކުރަނީ ރައްޔިތުން ކޮންޓްރޯލް ކުރުމަށް ކަމަށެވެ.

އަދި އެކަމަށްޓަކައި ސިޔާސީ މަގާމުތަކާ، ސަރުކާރު ކުންފުނިތަކުން މަގާމު އިތުރުކުރަމުންދާ ކަމަށާއި އޭގެ ނަތީޖާއެެއްގެ ގޮތުން ޕްރައިވެޓް ސެކްޓަރ ހީނަރުވެ، އެ ސެކްޓަރ ގެ ވަޒީފާގެ ކަށަވަރުކަން ވެސް ގެއްލޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރުމާއި ވަޒީފާ ދިނުމުގައި ގާބިލްކަމަށް ނުބަލާ ސަބަބަކީ، ކެމްޕެއިންގެ ތެރޭގައި ތާއީދާއި ވޯޓުގެ މުގާބިލުގައި ވަކިވަކި ފަރުދުންނަށް ވަޒީފާ ދޭން ވެފައިވާ ވައުދުތައް. އިންތިހާބު ކުރާފަރާތް ހުންނަނީ މި ކޮރަޕްޓް ވައުދެތެރޭގައި ބަނދެވިފަ. މި ހަގީގަތްތައް ޤަބޫލުކޮށް، އާންމުންގެ ތެރެއިން ގިނަ ބަޔަކު މިކަން ބަދަލު ކުރަން ތައްޔާރަށް ތިބެގެން ނޫނީ އަޅުގަނޑުމެންނަކަށް މިކަމެއް ބަދުލު ނުކުރެވޭނެ." ފާރިސް ވިދާޅުވި އެވެ.

މަތީ ތައުލީމު އުނގެނިގެން ނުކުންނަ ކިތަންމެ ދަރިވަރުންނަށް ރަނގަޅު ވަޒީފާތައް ނުލިބޭ ކަމުގެ ޝަކުވާ އަބަދުވެސް އޮވެއެވެ. ހަމަ އެހެންމެ ރަނގަޅު ވަޒީފާ ލިބުނަސް އެކަށީގެންވާ މުސާރައެއް ނުލިބޭ ކަމުގެ ޝަކުވާވެސް ބޮޑެވެ.

މަތީ ތަޢުލީމު ހާސިލުކުރާ ފަރާތްތަކަށް ބޮޑު މުސާރަ ދޭން، އަންނަ އަހަރުން ފެށިގެން 200 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހާއްސަ ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހަފްތާގައި ވަނީ ވިދާޅުވެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން