މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރުކަމުގެ މަގާމަށް ކުރީގެ މާލީ ވަޒީރު އަޙްމަދު މުނައްވަރު ހަމަޖެއްސެވުމާމެދު ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފި އެވެ.

ރާއްޖޭގެ އިގުތިސާދީ ކަންކަން ބޮއްސުންލައިގެން ގޮސްފައިވާ ކަމަށާއި އަދި ޒިންމާ ނުނަގާކަމަށް ބުނެ ގަވަރުނަރުކަމުގައި ހުންނެވި އަލީ ހާޝިމް އެ މަގާމުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދޭން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އިއްޔެ އެވެ.

އަދި އެ ލަފަޔާ އެއްގޮތަށް އަލީ ޙާޝިމް މަގާމުން ވަކިކޮށް އެ މަގާމަށް މުނައްވަރު އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުގެ ލަފަޔަކަށް އިއްޔެ ރައީސް މުއިއްޒު ވަނީ އެދިވަޑައިގެންފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް އަބްދުއް ރަހީމް އަބްދުﷲ ވަނީ އެ މައްސަަލަ އިތުރަށް ދިރާސާ ކުރުމަށް މާލިއްޔަތު ކޮމިޓީއަށް ފޮނުވިކަން އިއުލާންކުރައްވައިފަ އެވެ.

މުނައްވަރަކީ މާލީ ދާއިރާތެ ތަޖުރިބާ ހުންނެވި ބޭފުޅެކެވެ. އަދި ކުރިން އޭނާ ވަނީ އެމްއެމްއޭގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން