ރާއްޖޭގެ އެކި ރަށްރަށުގައި ޤާއިމު ކުރެވިފައިވާ އައިސް ޕްލާންޓްތައް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކަމްޕެނީ ލިމިޓެޑް (މިފްކޯ) އާ ހަވާލު ކުރުމަށް މަޝްވަރާ ކޮށްފިއެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ ރަށްރަށުގައި ޤާއިމު ކުރެވިފައިވާ އައިސް ޕްލާންޓްތައް މިފްކޯއާ ހަވާލު ކުރުމަށް މަޝްވަރާ ކުރެވިފައިވާ ކަމަށާއި މި ބައްދަލުވުމުގައި ފެނަކަ އަދި މިފްކޯގެ އިސްވެރިން ބައިވެރިވެފައިވާކަމަށެވެ.

މަސް ދޯނިފަހަރަށް އައިސް ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް ކުރަމުންދާ ‎މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސަރުކާރުން ވަނީ އައިސް‎ޕްލާންޓު ގާއިމްކޮށްފައެވެ.

ސަރުކާރުން މިހާތަނަށް 25 ‎ރަށެއްގައި އައިސް‎ ޕްލާންޓުތައް ގާއިމްކޮށްފައިވާއިރު، އިތުރު 11 ރަށެއްގައި އައިސް ޕްލާންޓު ޤާއިމްކުރުމުގެ މަސައްކަތްތައްވެސް ކުރެވެމުންދާކަން ފާހަގަ ކުރެވެއެވެ. އައިސް ޕްލާންޓްތަކާއެކު މަސްވެރިންނަށް އިތުރު ލުއިފަސޭހަކަން ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން