ހުޅުމާލޭގައި ކާބޯތަކެތީގެ ޓްރަކް ހިންގުމުގެ ފުރުސަތު ހައުސިންގް ޑިވިލޮޕްމެންް ކޯޕަރޭޝަން (އެޗްޑީސީ)އިން ހުޅުވާލައިފިއެވެ.

އެޗްޑީސީއިން ކުރި އިއުލާނެއްގައި ބުނީ، ވަކި ރޭޓަކަށް ކަނޑައަޅާފައިވާ ފީއެއްގެ ދަށުން ހުޅުމާލޭގައި ކާބޯތަކެތީގެ ޓްރަކްތައް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާ ކަމަށެވެ. އަދި މިކަމަށް އެދި ގިނަ ފަރާތްތަކުން ހުށަހަޅައިފިނަމަ، މި ހިދުމަތް ދޭނެ ބައެއް ކަނޑައަޅާކީ އެ ކުންފުނީގެ މާސްޓަރ ޕްލޭނާ އެއްގޮތަށް ހިދުމަތް ދޭނެ ބަޔަކަށް ކަމަށް އެޗްޑީސީން ބުންޏެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައިވެސް ކާބޯތަކެތީގެ ޓްރަކްތައް ގާއިމު ކުރަން ނިންމާފައި ވާއިރު، މި ޓްރަކްތަކުން ހިދުމަތް ދޭން ވާނީ އެ ކޯޕަރޭޝަނުން ކަނޑައަޅާ މިންގަނޑެއްގެ ދަށުން ކަމަށާއި އަދި ވިއްކާ ކާބޯތަކެއްޗަކީ އެޗްޕީއޭގެ ގައިޑްލައިންއަށް ފެތޭ ގޮތަށް ތައްޔާރު ކޮށްފައިވާ އެއްޗެއްސަށް ވާންވާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ކާބޯތަކެތީގެ ޓްރަކްގެ ވިޔަފާރިއަށް އެޗްޑީސީއިން ވަނީ ހާއްސަ ގައިޑްލައިންއެއް ތައްޔާރު ކޮށްފައެވެ. އެ ގައިޑްލައިންއާ ހިލާފުވާ ނަމަ 5000 ރުފިޔާއާ 50،000

ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް އެޗްޑީސީން ވަނީ ނިންމާފައެވެ.

ކާބޯތަކެތީގެ ޓްރަކް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން، އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ކުރިން އީއޯއައި ހުށަހަޅަން އެޗްޑީސީއިން ވަނީ އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން