މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުން ކޮންމެ ދެ އަހަރުން އެއްއަހަރު ބާއްވަމުން ގެންދާ މޯލްޑިވްސް މެރިން ސައިންސް ސިމްޕޯސިއަމް ސިލްސިލާގެ ފަސްވަނަ ސިމްޕޯސިއަމް މިއަދު ފެށުމަށް ހަމަޖެހިފައި ވާކަމަށް މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓްއިން ބުނެފިއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ސިމްޕޯސިއަމް ކުރިއަށް ދާނީ މޯލްޑިވްސް ނޭޝަނަލް ޔުނިވާރސިޓީގެ ސެންޓްރަލް އޯޑިޓޯރިއަމްގައެވެ. އެގޮތުން ސިމްޕޯސިއަމް ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ މިއަދު ހެނދުނު 8:15 – 10:15 އަށެވެ.

މި ސިމްޕޯސިއަމަށް ހުށަހަޅާ ދިރާސާތަކުގެ މައުލޫމާތު ވީހާވެސް ގިނަ ބަޔަކަށް ފޯރުކޮށްދިނުމުގެ ގޮތުން، މިއިވެންޓް އޮންލައިންކޮށް ބެލޭނޭ އިންތިޒާމްވެސް ހަމަޖެހިފައި ވާކަމަށް އެ އިންސްޓިޓިއުޓްއިން މައުލޫމާތު ދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން