ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިހާބުގެ ދުވަސްވަރު ވެވަޑައިގެންފައިވާ ވައުދުފުޅާއި އެއްގޮތަށް މައުލޫމާތު ހާމަކުރުމުގައި މުއައްސަސާތަކުން އަމަލުކުރަން ޖެހޭކަމަށް ޝެއިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ސިޔާސަތު އެކުލަވާލުމަށް ހުރަސްއެޅޭ ކަމަށް ބުނެ އެޑިއުކޭޝަން މިނިސްޓްރީގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރުމަށް އެ މިނިސްޓްރީން ދެކޮޅު ހަދާފައިވާކަމަށް ބުނެ ލިޔެފައިވާ ހަބަރަކާއި ގުޅިގެން، ޒައިދު މިއަދު ވަނީ ސަރުކާރުގެ އިދާރާތަކުން މައުލޫމާތު ހާމަކުރުމާއި ގުޅޭގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރިޔާސީ އިންތިހާބުގެ ދުވަސްވަރު ވާހަކަ ދައްކަވާ ވީޑިއޯއެއް ހިއްސާ ކުރައްވާފައެވެ.

އަދި ވިދާޅުވީ، މައުލޫމާތު ސިއްރުކުރުމަށް ތާއީދު ނުކުރައްވާ ކަމަށާއި، އެންމެ ރަނގަޅުގޮތަކީ ރައްޔިތުންނަށް ދެފުށް ފެންނަ ފަދައިން ސަރުކާރުގެ ކަންކަން ކުރިއަށް ގެންދިޔުން ކަމަށެވެ.

އަދި ރައީސްގެ ވައުދުފުޅާއި ތަސައްވުރާއި އެއްގޮތަށް މުއައްސަސާތަކުން އަމަލު ނުކުރުމަކީ ހަމަޖެހޭ ގޮތެއް ނޫންކަމަށް ވެސް ޒައިދު ވިދާޅުވިއެވެ. ޒައިދު ވިދާޅުވީ މިކަން މުރާޖައާ ކުރަންޖެހޭކަމަށާއި މުއައްސަސާތަކުން ރައީސްގެ ވައުދުފުޅު ތަންފީޒުކުރަންޖެހޭނެ ކަމަށެވެ.



ޒައިދު މިހެން ވިދާޅުވެފައިވާއިރު ސަރުކާރުގެ ބައެއް މިނިސްޓްރީތަކުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު ހޯދުމަށް ނޫހަކުން ހުށަހެޅުމުން އެ މައުލޫމާތު މިހާތަނަށް ދީފައިވަނީ 13 މިނިސްޓްރީއަކުންކަން ފާހަގަ އެނގިފައި ވެއެވެ.

ރިޔާސީ އިންތިހާބުގެ ދުވަސްވަރު ރައީސް ވިދާޅުވެފައިވަނީ، ސަރުކާރުގެ އެއްވެސް އޮފީހެއްގައި ފޮރުވާނެކަމެއް ނުބާއްވަވާނެކަމަށާއި ރައްޔިތުންނަށާއި ނޫސްވެރިންނަށް ކަމެއް ނޭނގިގެން އުޅެންޖެހުނަ ނުދެއްވާނެކަމަށެވެ. އަދި ރައްޔިތުންނަށް ކަންކަން ފޮރުވައިގެން ކުރަންވެއްޖެނަމަ ގައުމަށް ހަމަޖެހުން ނާންނާނެކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން